ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލަށް ބައެއް ތަކެތި ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު (01.03.2016)GS43-B/2016/06 އިޢުލާނުގެ އަންދާސީހިސާބުތައް އަގުބޮޑުކަމަށް ފެންނާތީ އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އިތުރަށް ފުރުޞަތު ހުޅުވާލަމެވެ.
މި ސްކޫލަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއެވެ.
1- 03 ލެޕްޓޮޕް
2- 15 ލޯބެކް ޗެއަރ
ވީމާ، މިތަކެތި ހޯއްދަވައިދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.
29 ޖުމާދަލްއާޚިރާ 1437