ދިވެހިރާއްޖެ
އިޢުލާން
ފ.ނިލަންދޫގެ ކުނި މެނޭޖުކުރުމުގެ މަސައްކަތްކުރުމަށްޓަކައި ½1 (ދޮޅުޓަނުގެ) ޕިކަޕެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު: 374-C/2016/27 (28 މާރިޗު 2016) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ. ތިރީގައި މިދަންނަވާ ތަކެތި ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
01 ޕިކަޕް ½ 1 (ދޮޅު ޓަނުގެ)
ވީމާ، ޕިކަޕް ގެނެސްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އެޕްރީލްމަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އެޕްރީލް 18 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ ފަރާތްތަކާއި، މަޢުލޫމާތު ފުރިހަމަ ކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅަން ބޭނުންފުޅުވާނަމަ އަންދާސީހިސާބު ހުށަހެޅުމުގެ 01 ގަޑިއިރުކުރިން އެކަން ބަޔާންކޮށް، އެފަރާތުގެ ލިޔުމެއް ސޮޔާއެކު މިއިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ.ނިލަންދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ½ 1 (ދޮޅުޓަނުގެ) ޕިކަޕެއް ގެނެސްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މިތަކެތި ގެނައުމަށް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިވަނީއެވެ.
1. ހުށަހަޅާ އަގު %60
2. މުއްދަތު: %20
3. މާލީތަނަވަސްކަން: % 10
4. ތަޖުރިބާ % 10
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
27 ޖުމާދަލްއާޚިރާ 1437