ނީލަން
ނަންބަރު: (IUL)138-EXS1/138/2016/31
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 21:11
ސުންގަޑި: 18 އޭޕްރިލް 2016 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭގެ 363 ނަންބަރު ކޮށީގައި އިމާރާތް ކުރެވިފައިވާ ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ލިބޭ ފްލެޓްތައް، ޢާންމުކޮށް ހުޅުވާލެވިގެން ވިއްކުމާ ބެހޭގޮތުން

އިޢުލާން

މި މިނިސްޓްރީގެ ނަންބަރު (IUL)138-DS2/138/2016/18  (15 މާރިޗު 2016) އިޢުލާނުގެ 3 ވަނަ ނަންބަރުގައިވާ މަޢުލޫމާތު އަންނަނިވި ގޮތަށް އިޞްލާޙުކޮށް، މި އިޢުލާން ގެޒެޓްކުރާ ތާރީޚުން ފެށިގެން އިޞްލާޙު ކުރެވުނުގޮތަށް ޢަމަލުކުރުމަށް ނިންމައިފީމެވެ.

3. 363 ނަންބަރު ކޮށި ( ޓީވީ ކޮށި ) ގައި ޢިމާރާތް ކޮށްފައިވާ ރެހެންދި 1 ގެ 1 ފްލެޓް ގަތުމަށް -/2,200,000 (ދެމިލިޔަން ދެލައްކަ) ރުފިޔާ ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ މެދުގައި ބީލަމުގެ އުސޫލުން ހުޅުވާލައިގެން އެންމެމަތީ އަގެއް ހުށަހެޅުމުގެ އިތުރު ބުރެއް ބާއްވައި، ބަންދު ކުރެވިފައިވާ ސިޓީއުރައިގައި، ހުށަހަޅުއްވާ އެންމެމަތީ އަގެއް ހުށަހަޅުއްވާ ފަރާތަކަށް ފްލެޓް ވިއްކުމަށެވެ. މިގޮތުން، ފްލެޓް ގަތުމަށް އެންމެމަތީ އަގެއް އެއްފަރާތަށްވުރެ ގިނަފަރާތުން ހުށަހަޅާފައިވާނަމަ، އަދި އެ އަގަކީ އެއް އަގެއްނަމަ، ފްލެޓް ވިއްކާނެ ފަރާތް ކަނޑައަޅާނީ، އެންމެމަތީ އަގެއް ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ. ގުރުއަތުން ހޮވޭ ފަރާތަކަށް، އެފަރާތުން ހުށަހެޅި އަގަށްވާ ފައިސާ އެއްފަހަރާ ދެއްކުމަށް ދެވޭ މުއްދަތު ބަޔާންކޮށް މި މިނިސްޓްރީން ސިޓީއެއް ހަވާލު ކުރެވޭނެއެވެ. މިގޮތުން ދެވޭ މުއްދަތުގެ ތެރޭގައި ފައިސާ އެއްފަހަރާ ނުދެއްކިއްޖެނަމަ، ގުރުއަތުލުމުގައި ބައިވެރިވީ ދެމީހުންނަމަ، ދެވަނަމީހާއަށް ފްލެޓްގަތުމުގެ ފުރުޞަތު ދެވޭނެއެވެ. ގުރުއަތުގައި ބައިވެރިވި މީހުންގެ އަދަދު ދެމީހުންނަށްވުރެ އިތުރުނަމަ، ކުރިން ދެންނެވުނު އުސޫލުން އެމީހުންގެ މެދުގައި ގުރުއަތުލައިގެން ފްލެޓް ވިއްކުމަށް މީހަކު ހޮވާނީއެވެ.

09 އޭޕްރިލް 2016