ވަޒީފާގެ ފުރުޞަތު
ނަންބަރު: AS | IUL | 2016 | 016
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 19:18
ސުންގަޑި: 14 އޭޕްރިލް 2016 12:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލޯންޑްރީ އެސިސްޓެންޓް

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މަޤާމް: ލޯންޑްރީ އެސިސްޓެންޓް

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި ތަޖުރިބާ ލިބިފައިވުން.
  • މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގެ މަސައްކަތުގެ ޚުލާޞާ: މިހޮސްޕިޓަލުގައި ދޮންނަން ހުންނަ ތަކެތި ދޮވެ އިސްތިރި ކުރުމާއި ހޮސްޕިޓަލް ސާފް ކުރުމުގެ މަސައްކަތް ކުރުން.

ވަޒީފާގެ ޒިންމާތައް:

  • ހުރިހާ ވޯރޑުތަކެއް ކުނިކަހައި ފެންފޮތިލައި ސާފުކޮށް، ފަރުނީޗަރުތަކާއި އެނދުތައް ފޮހެ، ހުރިހާ ފާޚާނާތަކާއި ސިންކުތައް ރަނގަޅަށް ދޮވެ ސާފުކުރުން.
  • ބަލިމީހުންނާއި، ޑޮކްޓަރުންނާއި، ނަރުހުން ބޭނުންވެއްޖެ ހިނދެއްގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • ވޯޑުގައި ހުންނަ ބަލިމީހުންނަށް ބޭނުންކުރާ އާލާތްތައް ދޮވެ ސާފުކުރުން.
  • ލޯންޑްރީގެ މަސައްކަތްތަކުގައި އެހީތެރިވުން.                    

މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާގޮތުގެމަތިން

މި މަޤާމަށް ޝައުޤުވެރިވާ، މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

1. ވަޒީފާއަށް އެދޭ ފޯމު 

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. ސީވީ

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application

-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި ހިމެނެންޖެހޭ ވަޒީފާއަށް އެދޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމާއި، ތަޢުލީމީ ސެޓުފިކެޓުތައް ހުށަނާޅާ އެޕްލިކޭޝަންތައް ބަލައެއް ނުގަނަވޭނެއެވެ.

އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

29 ޖުމާދަލްއާޚިރާ 1437
07 އޭޕްރިލް 2016