މަސައްކަތް
ނަންބަރު: FNK-K(T)/FNK/IUL/2016/038
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 16:09
ސުންގަޑި: 17 އޭޕްރިލް 2016 00:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގދ.ފިޔޯރީގައި އަލަށް ޢިމާރާތްކުރެވޭ އިންޖީނުގޭގެ ނުނިމިހުރި މަސައްކަތާއި މިހާރު ހުރި އިންޖީނުގޭގެ ޢިމާރާތަށް ބަދަލު ގެނައުމުގެ މަސައްކަތާ ގުޅޭ

ގދ.ފިޔޯރީގައި އަލަށް ޢިމާރާތްކުރެވޭ އިންޖީނުގޭގެ ނުނިމިހުރި މަސައްކަތާއި މިހާރު ހުރި އިންޖީނުގޭގެ ޢިމާރާތަށް ބަދަލު ގެނައުމުގެ މަސައްކަތާ ގުޅޭ:

ގދ.ފިޔޯރީގައި އަލަށް ޢިމާރާތްކުރެވޭ އިންޖީނުގޭގެ ނުނިމިހުރި މަސައްކަތާއި (ޑެގް ރޫމެއް އެޅުން)، މިހާރު ހުރި ޢިމާރާތަށް ބަދަލު ގެނައުމުގެ މަސައްކަތްތައް މިކުންފުނިން ދޭ ކުރެހުމާwi، ބީއޯކިޔު އާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ބިޑް ޑޮކިއުމަންޓަކީ ވިއްކާގޮތަށް ހަމަޖެހިފައިވާ ޑޮކިޔުމަންޓެއް ކަމުގައި ދަންނަވަމެވެ.

  • ބިޑް ޑޮކިއުމަންޓްގެ އަގު: USD 100.00 (ސަތޭކަ ޑޮލަރު) ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ (ނޮން ރިފަންޑަބަލް)
  • ބިޑް ޑޮކިއުމަންޓް ވިއްކާ މުއްދަތު: 2016 އެޕްރީލް 10 އިން 14 ގެ ނިޔަލަށް ރަސްމީ ގަޑީގައި 08:30 އިން 15:30 އަށް.
  • ފައިސާ ބަލައިގަންނަ ތަން: 07 ވަނަ ފަންގިފިލާ، ޕޯޓް ކޮމްޕްލެކްސް. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް. ބިޑް ޑޮކިއުމަންޓަށް ފައިސާ ދެއްކެވުމުން ހަމަ އެތާރީޚުގައި ބިޑް ޑޮކިއުމަންޓްގެ ޕީ.ޑީ.އެފް ލިބިވަޑައިގަންނަވާނެއެވެ.
  • މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އެޕްރީލް 17 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި ކުންފުނީގެ ހެޑްއޮފީހަށް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ގދ.ފިޔޯރީ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  • މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތްތައް އެކަނިކަމުގައި ދަންނަވަމެވެ. އަދި މި ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ކުންފުނީގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  
  • ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އެޕްރީލް 21 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑްއޮފީސް ނުވަތަ މިކުންފުނީގެ ގދ.ފިޔޯރީ ބްރާންޗަށެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

29 ޖުމާދަލްއާޚިރާ 1437

07 އޭޕްރިލް 2016