ދިވެހިރާއްޖެ
މި ހޮސްޕިޓަލުގެ އައިސީޓީ ޑިޕާޓްމަންޓަށް ނެޓްވާރކް ސްވިޗް، އަދި ނެޓްވާރކް ރެކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 17 ޑިސެންބަރު 2016ގައި ކޮށްފައިވާ ނަންބަރު 137-IU/PR/2015/176 އިޢުލާނުގެ ދަށުން އެގްރީމެންޓްކޮށްފައިވާ ފަރާތަށް ތަކެތި ސަޕްލައިކޮށްދެވިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.
| 
 ތަން  | 
 ގަޑި  | 
 ތާރީޚު (ދުވަސް)  | 
 ތަފުސީލު  | 
| 
 ކޮންފަރެންސް ހޯލް  | 
 11:00  | 
 13 އެޕްރީލް 2016 (ބުދަ)  | 
 މަޢުލޫމާތު ސާފުކުރެއްވުމަށް  | 
| 
 ކޮންފަރެންސް ހޯލް  | 
 11:00  | 
 20 އެޕްރީލް 2016 (ބުދަ)  | 
 އަންދާސީހިސާބު ހުށަހެޅުއްވުމަށް  | 
29 ޖުމާދަލްއާޚިރާ 1437