ތަމްރީނު
ނަންބަރު: (IUL)160-A/1/2016/51
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 21 އޭޕްރިލް 2016 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤާރީ ކޯސް ލެވެލް 1

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2016  ވަނަ އަހަރު އެޕްރީލް މަހު، ތިރީގައި މިދަންނަވާ ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޤާރީ ކޯސް ސެޓުފިކެޓު ލެވަލް 1

ޝަރުޠު:

1- ފަށާ ތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )

2- ޢުމުރުން 14 އަހަރު ފުރިފައިވުން.

3- މަރުކަޒުން ދޭ ޓެސްޓަކާއި އިންޓަރވިއުއިން ފާސްވުން.

މުއްދަތު: 2 މަސް

ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު 2016 އެޕްރީލް 07 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި މަރްކަޒުން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2016 އެޕްރީލް 21 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއެކު މި މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

28 ޖުމާދަލްއާޚިރާ 1437

06 އޭޕްރިލް 2016