ތަމްރީނު
ނަންބަރު: (IUL)179-2.1/1/2016/17
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 21 އޭޕްރިލް 2016 15:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
'ނޯ ޔުއަރ ރައިޓްސް އޭސް އަ ޝެއަރހޯލްޑަރ' ވާރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު

'ނޯ ޔުއަރ ރައިޓްސް އޭސް އަ ޝެއަރހޯލްޑަރ' ވާރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު

މޯލްޑިވްސް ޝެއަރހޯލްޑަރސް އެންޑް އިންވެސްޓަރސް އެސޯސިއޭޝަން (އެމް.ސި.އާ) އާ މިއޮތޯރިޓީ ގުޅިގެން، ކުންފުނިތަކުގެ ހިއްސާދާރުންގެ ޙައްޤުތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން 25 އެޕްރީލް 2016ގެ ހެނދުނު 09:00 ން މެންދުރު 12:15 އަށް ކުރިއަށްގެންދާ ވާރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ވާރކްޝޮޕްގައި ޕަބްލިކް ލިސްޓެޑް ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ޒިންމާދާރުކަމާއެކު ހަރަކާތްތެރިވެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން ހިއްސާދާރެއްގެ ހައިސިއްޔަތުން ކުންފުނީގެ ޕާރފޯމަންސް ބަލާނެ ގޮތާމެދު ވެސް އަލިއަޅުވާާލާނެއެވެ.

ޕްރޮގްރާމް

'ނޯ ޔުއަރ ރައިޓްސް އޭސް އަ ޝެއަރހޯލްޑަރ'

ޖާގަ

30 (ތިރީސް) / (ޖާގަ ދިނުމުގައި އެޕްލައި ކުރާ ތަރުތީބަށް ބެލެވޭނެއެވެ.)

ތާރީޚު

25 އެޕްރީލް 2016 ، ހެނދުނު 09:00 ން މެންދުރު 12:15 އަށް

ފީ

ހިލޭ

ކިޔަވައިދޭ ބަސް: ދިވެހި

އެޕްލިކޭޝަން ސުންގަޑި

21 އެޕްރީލް 2016 

ޓާގެޓް އޯޑިއަންސް

ކުންފުނިތަކުގެ ހިއްސާދާރުންނާއި ވިޔަފާރީގެ ދާއިރާގައި ހަރާކާތްތެރިވާ ފަރާތްތަކާއި ކޮލެޖް/ޔުނިވަރސިޓީގެ ބިޒްނަސް ދާއިރާގެ ދަރިވަރުންނަށް

މި ވާރކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން http://bit.ly/2250tOA ލިންކު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ވާރކްޝޮޕާބެހޭ މަޢުލޫމާތު މި އޮތޯރިޓީގެ 3014112 އާއި 3014103 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

27 ޖުމާދަލްއާޚިރާ 1437

05 އޭޕްރިލް 2016