މަސައްކަތް
ނަންބަރު: 171-H3(PU)/IUL/2016/69
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 15:55
ސުންގަޑި: 12 އޭޕްރިލް 2016 00:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ފުލުހުންގެ ވާރރކިންގ ޑްރެސް ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް

  • މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ ފުލުހުންގެ ވާރކިންގ ޑްރެސް ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  • ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2016 އެޕްރީލް 10 ވާ އާދީއްތަ ދުވަހުން ފެށިގެން 2016 އެޕްރީލް 12 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަންފޮތެއްގެ އަގަކީ -/100ރ (އެއްސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓްކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  • މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 އެޕްރީލް 13 ވާ ބުދަ ދުވަހުގެ 11:30 ގައި، އިސްކަންދަރު ބިލްޑިންގގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2016 އެޕްރީލް 12 ވާ އަންގާރަ ދުވަހުގެ 15:30 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
  • ބީލަން ހުޅުވުން އޮންނާނީ 2016 އެޕްރީލް 20 ވާ ބުދަ ދުވަހުގެ 11:30 ގައި މިސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މިސަރވިސްގެ ނަންބަރު 171-H3(PU)/IUL/2016/23 އިޢުލާނާ ގުޅިގެން ބީލަންފޮތް ބައްލަވައިގަނެފައިވާ ފަރާތްތަކުން އަލުން ބީލަންފޮތް ބައްލަވައިގަންނަވަން ނުޖެހޭނެވާހަކަ ދަަންނަވަމެވެ. ނަމަވެސް ބިޑް ވިއްކުމަށް ހަމަޖެހިފައިވާ މުއްދަތު ތެރޭގައި އިސްކަންދަރު ބިލްޑިންގއަށް ވަޑައިގެން ނަންނޯޓް ކުރަންވާނެއެވެ. ބިޑްގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމުގައާއި ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
  • އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
  • ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބައްލަވައި ގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
05 އޭޕްރިލް 2016