ދިވެހިރާއްޖެ
ބިޑް ހުށަހެޅުމަށް ދެވޭ ދަޢުވަތު (ދަޢުވަތު) | ||
ބިޑް ހުށަހެޅުމަށް ދަޢުވަތު ދިނުން |
||
(1) |
ބޯޓްޔާރޑް/ ސްލިޕްވޭ ތަރައްޤީކޮށް ހިންގުމަށް މާލެއަތޮޅު ގުޅީގެ ހުޅަނގު އުތުރުފަރާތުގައި އޮތް 48218 (ސާޅީސް އަށްހާސް ދުއިސައްތަ އަށާރަ) އަކަފޫޓުގެ ބިން 30 (ތިރީސް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް، މާލެއަތޮޅު ގުޅީ ކައުންސިލްގެ ފަރާތުން ކަނޑައަޅައިފީމެވެ. އެ ބިން އޮތްތަނާއި އެ ބިމުގެ ތަފުސީލު އަންގައިދޭ "ސައިޓް ޕްލޭން" ޖަދުވަލު 1 ގައި އެވަނީއެވެ. |
|
(2) |
އެ ބިމުގައި އަމިއްލަ ޚަރަދުގައި ބޯޓްޔާރޑް/ ސްލިޕްވޭ ތަރައްޤީކޮށް، އަދި އެ ބޯޓްޔާރޑް/ ސްލިޕްވޭ ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ގޮތަށް ތައްޔާރުކޮށް، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، މި ބިޑް ޑޮކިއުމަންޓާ އެއްގޮތްވާ ގޮތުގެމަތިން، ބިޑް ހުށަހެޅުމަށް ދަޢުވަތު ދެމެވެ. މި ބިޑް ޑޮކިއުމެންޓުގައި ބަޔާންކޮށްފައިވާ ގޮތަށް ތައްޔާރުކޮށް، ބިޑް ހުށަހަޅާނީ، އެ ބިމުގައި އަމިއްލަ ޚަރަދުގައި ބޯޓްޔާރޑް/ ސްލިޕްވޭ ތަރައްޤީކޮށް، އަދި އެ ބޯޓްޔާރޑް/ ސްލިޕްވޭ ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް އެދިއެވެ. |
|
(3) |
ބިން ކުއްޔަށް ދޭނީ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ތާރީޚުން ފެށިގެން 30 (ތިރީސް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި، އެ 30 (ތިރީސް) އަހަރުދުވަހުގެ މުއްދަތު ގުނާނީ، އެ ބިމުގައި ބޯޓްޔާރޑް/ ސްލިޕްވޭ ތަރައްޤީކޮށް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޢިމާރާތްކުރުމަށް ދެވޭ 03 (ތިނެއް) މަސްދުވަހުގެ ގްރޭސް ޕީރިއަޑް ހިމަނައިގެންނެވެ. އެކަން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ބަޔާން ކުރެވިގެންވާނެއެވެ. |
|
(4) |
އެ ބިމުގައި އަމިއްލަ ޚަރަދުގައި ބޯޓްޔާރޑް/ ސްލިޕްވޭ ތަރައްޤީކޮށް، އަދި އެ ބޯޓްޔާރޑް/ ސްލިޕްވޭ ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމުގެ އިންތިޒާމު 10 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުން ފެށިގެން 14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން 13:30 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައި ހުންނާނެއެވެ. މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ މިސްކިތް މަގު ކ. ގުޅި (ޕޯސްޓްކޯޑު 08070) ދިވެހިރާއްޖެ ޓެލެފޯނު ނަންބަރު: 6640068 ފެކްސް ނަންބަރު: 6640068 އީމެއިލް އެޑްރެސް:[email protected] |
|
(5) |
ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މެދުވެރިކޮށް 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. |
|
(6) |
އެ ބިމުގައި އަމިއްލަ ޚަރަދުގައި ބޯޓްޔާރޑް/ ސްލިޕްވޭ ތަރައްޤީކުރުމަށް، އަދި ބޯޓްޔާރޑް/ ސްލިޕްވޭ ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ސައްތައިންސައްތަ ދިވެހި ރައްޔިތުން ހިއްސާވާ ޕާޓްނަރޝިޕަށް ނުވަތަ ސައްތައިންސައްތަ ދިވެހި ރައްޔިތުން ހިއްސާވާ ކުންފުންޏަށެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/2000ރ. (ދެހާސް ރުފިޔާ) އަށެވެ. އަދި މިފައިސާ ބަލައިގަނެވޭނީ ނަގުދުފައިސާއިންނެވެ. |
|
(7) |
ބިޑް ޑޮކިއުމަންޓު ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. |
|
|
(ހ) |
ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓުގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތް ނޫން އެހެން ފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ލިޔުމެއް ނުވަތަ ކުންފުނި ޕާޓްނަރޝިޕެއްނަމަ ބޯޑުގެ ޤަރާރެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. |
|
(ށ) |
ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާޓްނަރޝިޕަކުން ކަމުގައިވާނަމަ، އެ ޕާޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ވަކި ފަރުދަކު ކަމުގައިވާނަމަ، އޭނާގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. |
|
(ނ) |
ބިޑް ޑޮކިއުމަންޓް ގަތުމަށް ދައްކަންޖެހޭ އަގަށްވާ -/2000ރ. (ދެހާސް ރުފިޔާ) ބިޑު ގަތުމަށް ފޯމު ހުށަހަޅާއިރު ކައުންސިލް އިދާރާއަށް ދައްކަންވާނެއެވެ. |
(8) |
ބިޑް ޑޮކިއުމަންޓު ގަތުމަށް ފައިސާ ދެއްކުމުން، އެ ފައިސާ ބަލައިގަތްކަމުގެ ރަސީދެއް ކައުންސިލްގެ އިދާރާއިން ދޫކުރާނެއެވެ. އަދި ގަންނަ ބިޑް ޑޮކިއުމަންޓްގެ ސީރިއަލް ނަންބަރު އެ ރަސީދުގައި ބަޔާންކޮށްފައި އޮންނާނެއެވެ. |
|
(9) |
ބިޑް ޑޮކިއުމަންޓާއި ބިޑްގެ ސީރިއަލް ނަންބަރަކީ ވަކިފަރާތަކަށް ސީދާ ދޫކުރެވޭ އެއްޗެއް ކަމުގައިވާތީ، އެއީ އެހެން ފަރާތަކަށް ފަހުން ބަދަލުކުރެވޭނެ ނުވަތަ ނަގުލުކުރެވޭނެ އެއްޗެއް ނޫނެވެ. |
|
(10) |
ބިޑް ހުށަހަޅާ ކޮންމެ ފަރާތަކުންވެސް އެ ބިޑް ހުށަހަޅަނީ، ބިމުގައި އަމިއްލަ ޚަރަދުގައި ބޯޓްޔާރޑް/ ސްލިޕްވޭ ތަރައްޤީކުރުމަށް، އަދި އެ ބޯޓްޔާރޑް/ ސްލިޕްވޭ ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށެވެ. އެހެންކަމުން، ބިން ކުއްޔަށް ހިފަން ވަކި ބިޑެއް، އަދި ބޯޓްޔާރޑް/ ސްލިޕްވޭ ހަދަން ވަކި ބިޑެއް އެއްވެސް ފަރާތަކުން ހުށަހަޅާކަށް ނުޖެހޭނެއެވެ. ކޮންމެ ފަރާތަކުންވެސް މި ބިޑް ޑޮކިއުމަންޓާ އެއްގޮތަށް އެއް ބިޑް ހުށަހެޅުމުން އެ ބިޑް އެ ހުށަހެޅެނީ، އެ ދެކަންތައްވެސް ކުރުމަށް އެދި ކަމުގައި ބެލެވޭނެއެވެ. |
|
(11) |
ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި، 17 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ/އެޓޯލްސް ޕޯސްޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު/މާލެ ގައި ޕްރީ-ބިޑް ބައްދަލުވުމެއް އޮންނާނެއެވެ. |
|
(12) |
ބިޑް ހުށަހަޅަންޖެހޭނީ، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ބިޑު ހުށަހަޅާ ބޭނުން ބަޔާންކޮށް 04 މޭ 2016 ވާ ބުދަ ދުވަހުގެ 11:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ/އެޓޯލްސް ޕޯސްޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު/މާލެ އަށެވެ. |
|
(13)
|
ބިޑް ހިމެނޭ ބަންދުކޮށްފައިވާ ސިޓީއުރަ ހުޅުވާނީ، ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ހާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، 04 މޭ 2016 ވާ ބުދަ ދުވަހުގެ 11:00 ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ/އެޓޯލްސް ޕޯސްޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު/މާލެ ގައެވެ. |
|
(14) |
"ބިޑް ސެކިއުރިޓީ" ގެ ގޮތުގައި މި ބިޑާއެކު -/100000ރ (އެއްލައްކަ) ރުފިޔާގެ ބެންކް ގެރެންޓީ ދީފައިވާ ކްރޮސްޑް ޗެކެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 60 ދުވަހެވެ. | |
(15) |
ބިޑް ހުށަހެޅުމަށް އޮތް އެއްވެސް އުސޫލަކަށް ބަދަލެއް އަންނަކަމަށްވާނަމަ، ބިޑް ފޯމު ގަތް އެންމެހައި ފަރާތްތަކަށް ކައުންސިލްގެ އިދާރާއިން ލިޔުމުން އެކަން އަންގަމުން، އަދި، އެކަން ޢާންމުކޮށް އިޢުލާނުކުރަމުން ގެންދާނެއެވެ. |