ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ.
| 
 މަޤާމް:  | 
 ތަރުޖަމާނު  | 
||
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
 މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2  | 
 މަޤާމުގެ ރޭންކް: GS3  | 
| 
 މުސާރަ:  | 
 މަހަކު -/4465 ރުފިޔާ  | 
||
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/1500 ރުފިޔާ  | 
||
| 
 ޑިވިޜަން:  | 
 މާފުށީ ޞިއްޙީ މަރުކަޒު  | 
||
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:  | 
 ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކުން ދައްކާ ވާހަކަތައް ޑޮކްޓަރަށް ތަރުޖަމާކޮށްދިނުމާއި، ޑޮކްޓަރު ވިދާޅުވާ ވާހަކަތައް ބަލިމީހުންނަށް ތަރުޖަމާކޮށްދިނުމާއި، ބަލިމީހުން ބަލައި ފަރުވާދިނުމުގައި ޑޮކްޓަރަށް އެހީތެރިވުން.  | 
||
| 
 
 ފެންވަރު ނުވަތަ ޝަރުޠު:  | 
 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް '3' ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  | 
||
| 
 މަޤާމް:  | 
 އެޓެންޑެންޓް  | 
||
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
 މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2  | 
 ރޭންކް: އެސް އެސް 2  | 
| 
 މުސާރަ:  | 
 މަހަކު -/3470 ރުފިޔާ  | 
||
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/1000 ރުފިޔާ  | 
||
| 
 ޑިވިޜަން:  | 
 މާފުށީ ޞިއްޙީ މަރުކަޒު  | 
||
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:  | 
 - މަރުކަޒުން ޚިދުމަތް ލިބިގަންނަން އަންނަ ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ބަލިމީހުންނަށް ނަރުހުން ޚިދުމަތްދެމުންދާ ވަގުތު ނަރުހުންގެ އިރުޝާދާއެކު ނަރުހުންނަށް އެހީތެރިކަން ފޯރުވައިދިނުން. - ބަލިމީހަކު އެޑްމިޓްކުރަންޖެހޭ ނުވަތަ އޮބްޒަވޭޝަނުގައި ބާއްވަންޖެހޭ ވަގުތުތަކުގައި ސުޕަވައިޒަރ އަންގާ ގޮތެއްގެ މަތިން ޑިއުޓީ ރޯސްޓަރއާ އެއްގޮތަށް ބަލިމީހާގެ ގާތުގައި ޑިއުޓީކުރުމާއި، އޮންކޯލަށް އައުމަށް މަރުކަޒުން އަންގާ ހާލަތްތަކުގައި އެ އަންގާ ގޮތެއްގެ މަތިން ޢަމަލުކުރުން. - ޞިއްޙީ މަރުކަޒުގެ ކައުންޓަރާއި، ކްލިނިކަލް އޭރިޔާގައި ހުންނަ ފަރުނީޗަރާއި، މެޝިނަރީއާއި، އެހެނިހެން ތަކެތި ފޮހެ ސާފުކުރުން. - މަރުކަޒަށް ޚިދުމަތް ހޯދުމަށް ބަލިމީހުން ގެންނަވަގުތު ޚިދުމަތަށް ދަތިވާވަރަށް މީހުން ގިނަވިޔަނުދީ ނަރުހުންގެ އިރުޝާދާ އެއްގޮތަށް މީހުންނަށް ނަސޭހަތްތެރިވަމުން ގެންދިއުން. - މަރުކަޒުގެ އިމާރާތުގެ ކުލިނިކަލް އޭރިޔާތަކުގެ މަކުނުވާ ފޮޅައި ސާފުކުރުމާއި، ސިންކުތަކާއި އަތްދޮންނަތަށިތައް ހަޑިވިޔަނުދީ ބެލެހެއްޓުން. - ބޭސްއަޅާކޮޓަރި، ވޯޑް، ލޭބަރ ރޫމުގައި ހިފައިގެންގުޅޭ ތަކެތި ނަރުހުންގެ އިރުޝާދާއެކު ދޮވެސާފުކުރުމާއި، ސްޓްރެލައިޒް ކުރަންޖެހޭތަކެތި، ނަރުހުންގެ އިރުޝާދާ އެއްގޮތަށް ސްޓްރެލައިޒްކުރުން. - ދިމާވާ ބައެއްކަހަލަ ހާލަތްތަކުގައި ލޯންޑަރީގެ މަސައްކަތް، މަސައްކަތުމީހުންގެ މަސައްކަތް ކުރުމާއި، ބަލިމީހުންނަށް ފަރުވާދިނުމުގައި ބޭނުންކުރާ ތަކެތި ވަގުތުން ވަގުތަށްދޮވެ ނަރުހުންގެ އިރުޝާދާ އެއްގޮތަށް ޑިސްއިންފެކްޓްކޮށް، ޕެކްކުރަންޖެހޭ ތަކެތި ޕެކްކުރުމާއި، ވޯޑުގައި ބެޑްއަޅައި އެމެޖެންސީ ޙާލަތްތަކަށް މަރުކަޒު ތައްޔާރުކުރުމުގައި ނަރުހުންނާއި ބައިވެރިވެގެން މަސައްކަތްކުރުން.  | 
||
| 
 ފެންވަރު ނުވަތަ ޝަރުޠު:  | 
 1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.  | 
||
| 
 މަޤާމް:  | 
 ވޮޗަރު  | 
||
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
 މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1  | 
 ރޭންކް: އެސް އެސް 1  | 
| 
 މުސާރަ:  | 
 މަހަކު -/3100 ރުފިޔާ  | 
||
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/1000 ރުފިޔާ  | 
||
| 
 ޑިވިޜަން:  | 
 މާފުށީ ޞިއްޙީ މަރުކަޒު  | 
||
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:  | 
 ޞިއްޙީ މަރުކަޒުގެ ސެކިއުރިޓީ ކަންތައް ބެލެހެއްޓުން.  | 
||
| 
 ފެންވަރު ނުވަތަ ޝަރުޠު:  | 
 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.  | 
||
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:  | 
  | 
||
| 
 ޢިނާޔަތްތައް:  | 
 އިތުރުގަޑީގައްޔާއި، ބަންދު ދުވަސްދުވަހު މަސައްކަތްކުރާނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، ރިސްކް އެލަވަންސް ލިބޭނެއެވެ.  | 
||
| 
 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
  | 
||
| 
 ސުންގަޑި:  | 
 2016 އެޕްރީލް 20 ވާ ބުދަދުވަހުގެ 12:00 ގެ ނިޔަލަށް.  | 
||
| 
 
 އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.  | 
||
| 
 އިތުރު މަޢުލޫމާތު:  | 
 މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6640414 އެވެ.  | 
||
| 
 26 ޖުމާދަލްއާޚިރާ 1437  | 
|||