މަސައްކަތް
ނަންބަރު: (IUL)448/1/2016/16
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 10 އޭޕްރިލް 2016 11:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސްޓާފް މެސްރޫމް މި އޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް އެކޮމޮޑޭޝަން ބްލޮކަކަށް ބަދަލުކޮށް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން.

އިޢުލާން

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސްޓާފް މެސްރޫމް މި އޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް އެކޮމޮޑޭޝަން ބްލޮކަކަށް ބަދަލުކޮށް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އެޕްރީލް 2016 (އާދީއްތަ) ދުވަހުގެ ހެނދުނު 11:00 އަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 އެޕްރީލް 2016 (ބުރާސްފަތި) ދުވަހުގެ ހެނދުނު 11:00 އަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 6520023 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

05 އޭޕްރިލް 2016