ޢާންމު މަޢުލޫމާތު
ނަންބަރު: MTDC/AGM/2016/02
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 10:06
ސުންގަޑި: 26 އޭޕްރިލް 2016 15:00
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ.
ދިވެހިރާއްޖެ
ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ހިއްސާދާރުން ހޮއްވަވާ 5 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމަށް ދެވޭ ނޯޓިސް

އިޢުލާން

އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ހިއްސާދާރުން ހޮއްވަވާ 5 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމަށް ދެވޭ ނޯޓިސް:

އެމްޓީޑީސީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާއި އަދި ދިވެހިރާއްޖޭގެ ޕަބްލިކް ކުންފުނިތަކުން ޢަމަލުކުރުމަށް ސީ.އެމް.ޑީ.އޭ އިން ކަނޑައަޅުއްވާފައިވާ ކޯޕަރޭޓް ގަވަރނަންސް ކޯޑާ އެއްގޮތްވާގޮތުގެ މަތިން އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުން ތަމްސީލުކުރެއްވުމަށްޓަކައި ކަނޑައެޅިފައިވާ 5 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުން ތަމްސީލުކުރެއްވުމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަކަށް ވާންވާނެއެވެ.

1. ދިވެހި ރައްޔިތެއް ކަމުގައިވުން.

2. 18 އަހަރު ފުރިފައިވުން.

3. މިނިވަން މުސްތަޤިއްލު ފަރާތަކަށްވުން އެގޮތުން:

       ހ. އެފަރާތުގެ ޢާއިލާގެ މީހަކު (ދަރިން/އަނބިން/ފިރިން) ވޭތުވެދިޔައަހަރު ކުންފުނީގައި ވަޒީފާ އަދާކޮށްފައިނުވާ ފަރާތަކަށްވުން.   

       ށ. އެފަރާތުގެ ޢާއިލާގެ މީހަކު (ދަރިން/އަނބިން/ފިރިން) އަމިއްލަ ހައިސިއްޔަތުން ނުވަތަ ހިއްސާ އެކުލެވޭ ކުންފުންޏެއް، އެމްޓީޑީސީ އާއެކު ވޭތުވެދިޔަ އަހަރު ފާހަގަކުރެވޭވަރުގެ ބޮޑު ވިޔަފާރީގެ އެއްވެސް މުޢާމަލާތެއްކޮށްފައި ނުވުން.

4. އެމްޓީޑީސީގެ 50 (ފަންސާސް) ހިއްސާ އޮތް ހިއްސާދާރެއް ކަމުގައިވުން.

5. ތަޢުލީމީ އަދި ވިޔަފާރީ ނުވަތަ ފަތުރުވެރިކަމުގެ ދާއިރާއިން މަދުވެގެން 5 އަހަރުގެ ތަޖުރިބާއާއި ޤާބިލުކަން ހުރި ފަރާތެއް ކަމުގައިވުން.

6. ކުންފުނީގެ މަސައްކަތަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތަކަށްވުން.

7. ލިސްޓުކުރެވިފައިވާ ދެ ބޯޑަށްވުރެ ގިނަ ބޯޑުގައި ނުހިމެނޭ ފަރާތަކަށްވުން.

8. ފައިނޭންޝަލް ސްޓޭޓްމަންޓް ކިޔާ، ދޭހަވުމުގެ ޤާބިލުކަންހުރި ފަރާތަކަށްވުން.

9. ފާއިތުވި 5 އަހަރުގެ ތެރޭގައި ބޭންކްރަޕްޓްވެފައި، ދަރަނިވެރިވެފައި، ޤާނޫނާއި ޚިލާފުވެފައިވާ ނުވަތަ އެފަދަ އެއްވެސް ދަޢުވާއެއް މިހާރު ރައްދުވާ ފަރާތެއްކަމުގައި ނުވުން.

ވީމާ، އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުން ތަމްސީލު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 26 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 3:00 ގެ ކުރިން " އެމްޓީޑީސީ ޕލކ ގެ ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު " ފުރުއްވުމަށްފަހު ސިޓީއުރައިގައި ބޭރުގައި " އެމްޓީޑީސީ ގެ ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި " މިހެން ޖެއްސެވުމަށްފަހު އެމްޓީޑީސީގެ މައިއޮފީހަށް ފޮނުއްވުން އެދެމެވެ. އަދި މަތީގައި ދެންނެވުނު ސުންގަޑީގެ ފަހުން ފޮނުއްވާ ފޯމުތައް މިކުންފުނިން ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޑިރެކްޓަރުކަމަށް އެންމެ އެކަށީގެންވާ ފަރާތްތައް ކޯޕަރޭޓް ގަވަރނަންސް ކޯޑާ އެއްގޮތްވާގޮތުގެ މަތީން އެމްޓީޑީސީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމެޓީން ހޮއްވެވުމަށްފަހު، އެފަރާތްތަކުގެ މަޢުލޫމާތު މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އިޢުލާންކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި އެފަރާތްތަކުގެ ނަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި، އޭގެތެރެއިން ހިއްސާދާރުންނަށް ފެނިވަޑައިގަންނަވާ ފަސް ބޭފުޅުން، ޑިރެކްޓަރުންގެ ގޮތުގައި ހޮއްވެވުމަށްޓަކައި، ހިއްސާދާރުން ވޯޓު ލެއްވުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.

" އެމްޓީޑީސީ ޕލކ ގެ ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު " މިކުންފުނީގެ މައިއޮފީހުން ރަސްމީގަޑިތަކުގައި ލިބިވަޑައިގަންނަވަން ހުންނާނެއެވެ. އަދި މިފޯމު މިކުންފުނީގެ ވެބްސައިޓް www.mtdc.com.mv އިން ޑައުންލޯޑް ކުރެއްވެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.

04 އޭޕްރިލް 2016