ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)318-PRO/318/2016/21
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 14 އޭޕްރިލް 2016 11:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ހޯދަން

އިޢުލާން

ދަރަވަންދޫ ކައުންސިލަށް ޕިކަޕެއް ހޯދަން ބޭނުންވެއްޖެ

މި އިދާރާގެ ނަންބަރު: (IUL)318-PRO/318/2016/13 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ފުރިހަމަނުވާތީއާއި މަޢުލޫމާތު ބަދަލުވެފައިވާތީ އެއިޢުލާނު ބާޠިލުކޮށް، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން ދަރަވަންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް 1.5 ޓަނުގެ ޕިކަޕެއް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައެވެ.

މަޢުލޫމާތު ދިނުން

2016 އެޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ 11:00

އަންދާސީހިސާބު ހުށަހެޅުއްވުން

2016 އެޕްރީލް 26 ވާ އަންގާރަ ދުވަހުގެ 13:00

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ، އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާ ގުޅުއްވުން އެދެމެވެ.

04 އޭޕްރިލް 2016