މަސައްކަތް
ނަންބަރު: (IUL)219-CA/1/2016/10
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 12 އޭޕްރިލް 2016 11:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ޙަފުލާގެ ހޯލް ތައްޔާރުކޮށްދިނުމުގެ މަސައްކަތް

އަންދާސީހިސާބު ބޭނުންވެއްޖެ.

މިކައުންސިލްގެ ނަންބަރު: (IUL)219-CA/1/2016/4 (08 މާރިޗު 2016) އިޢުލާންގައިވާ ފަދައިން (03 މޭ 2016 ގައި ބާއްވާ) ޙަފުލާގެ ހޯލް ތައްޔާރު ކޮށްދިނުމުގެ މަސައްކަތަށް ހުށަހަޅާފައިވާ އަންދާސީހިސާބުގައިވާ އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، މިދެންނެވި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 12 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

27 ޖުމާދަލްއާޚިރާ 1437

05 އޭޕްރިލް 2016