ވަޒީފާގެ ފުރުޞަތު
ނަންބަރު: 24/2016/413(iul)
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 08:37
ސުންގަޑި: 12 އޭޕްރިލް 2016 13:30
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަހައްދު ސާފުކުރުމަށް މުވައްޒަފުން ހޯދުން

އިޢުލާން 

އިޖުތިމާޢީ ސަރަހައްދު ސާފުކުރުމަށް މުވައްޒަފުން ހޯދުން: 

ރަށުގެ އިޖުތީމާޢީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: އިޖުތިމާޢީ ސަރަހައްދު ސާފުކުރާ މަސައްކަތު

ބޭނުންވާ އަދަދު: 2 (ދޭއް)

މުސާރަ: މަހަކު -/2،000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު: އަސާސީ ފެންވަރަށް ލިޔަންކިޔަން ދަތުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ހީވާގި، އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއްކަމުގައިވުން.

މުއްދަތު: 12 މަސްދުވަސް

ކުރަންޖެހޭ މަސައްކަތް:

1- ރަށުގެ ބަނދަރުމަތި ސާފުކޮށް ބެލެހެއްޓުން.

2- ރަށުގައިވާ ހުރިހާ ޕާކުތައް ސާފުކޮށް ބެލެހެއްޓުން.

3- ރަށުގެ ހުރިހާ ހުރަސްމަގުތަކުގެ ކޮޅުސާފުކޮށް ބެލެހެއްޓުން.

4- ރަށުގެ ދިގަށް އޮތް ބޮޑުމަގުގެ ދެކޮޅު ސާފުކޮށް ބެލެހެއްޓުން.

5- ރަށުގެ ކުޅިވަރުކުޅޭ ހުރިހާ ސަރަހައްދެއް ސާފުކޮށް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިއުންތައް:

1- މަޤާމަށްއެދި ހުށަހަޅާ ސިޓީ.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3- ދާއިރާއާ ގުޅޭ ތަޖުރިބާއެއް ވާނަމަ، އެކަމާގުޅޭ ލިއުން.

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 އެޕްރީލް 12 ވާ އަންގާރަ ދުވަހުގެ 13.00 ގެ ކުރިން، ސިޓީއަކުން މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

26 ޖުމާދަލްއޫލާ 1437

04 އޭޕްރިލް 2016