މަސައްކަތް
ނަންބަރު: (IUL)418/418/2016/23
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 08:24
ސުންގަޑި: 12 އޭޕްރިލް 2016 10:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން (3 ވަނަ ފަހަރު):

މިއިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް މިހާރު ހަވާލުކުރެވިފައިވާ ފަރާތާއި މިއިދާރާއާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު 01 އެޕްރީލް 2016 ގައި ހަމަވެފައިވާތީ، މި އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރެވުނު ނަންބަރު: (IUL)418/418/2016/20 (28 މާރިޗު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މި އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށްޓަކައި އިޢުލާން ކުރީމެވެ.

ވީމާ، މިއިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މިއިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ސެކިއުރިޓީ ބެލެހެއްޓުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  • މަޢުލޫމާތު ސާފުކޮށްދިނުން: 12 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 10:00 ގައި.
  • އަންދާސީހިސާބު ބަލައިގަތުން: 17 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 10:00 ގައި.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޖުމާދަލްއާޚިރާ 1437

07 އޭޕްރިލް 2016