ދިވެހިރާއްޖެ
އިޢުލާން
އަތޮޅުކައުންސިލްގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލުން
މިކައުންސިލްގައި ބޭނުންކުރާނެ ރަސްމީ ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. އަތޮޅު ކައުންސިލްގެ ލޯގޯ ފަރުމާ ކުރަންވާނީ ތިރީގައި މިދަންނަވާ ކަންތައްތައް ލޯގޯއިން ރަމްޒުކޮށްދޭގޮތަށެވެ.
1- ހުވަދުއަތޮޅު އުތުރުބުރި ސިފަކޮށްފައިވުން
2- އަތޮޅުގެ ޢުމްރާނީ ތަރައްޤީ ސިފަކޮށްފައިވުން
3- އަތޮޅުގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީ ސިފަކޮށްފައިވުން
4- އަތޮޅުގެ ޤުދުރަތީ ރީތިކަން ސިފަކޮށްދިނުން
5- އަތޮޅުގެ އެއްބައިވަންތަކަން ސިފަކޮށްދިނުން
- ލޯގޯގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަންޖެހޭ ކުލަތައް: މަޑުނޫކުލަ، ފެހިކުލަ
- އެންމެ ރަނގަޅު ލޯގޯއެއް ހުށަހަޅާ ފަރާތަކަށް -/3500 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެ.
ވީމާ، ލޯގޯ ފަރުމާ ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން 25 އެޕްރީލް 2016 ގެ 13:30 ގެ ކުރިން ކުރެހުން ހުށަހެޅުއްވުން އެދެމެވެ. ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން ހޮވާލެވޭ 5 ލޯގޯއެއް އާންމުންގެ ޚިޔާލަށް ހުށަހަޅާ ލިބޭ ކޮމެންޓްތަކަށް ބެލުމަށްފަހު ކައުންސިލަށް ހުށަހަޅާ ކައުންސިލުން ހޮއްވަވާ އެންމެ ރަނގަޅު ލޯގޯ މިއިދާރާގެ ރަސްމީ ލޯގޯގެ ގޮތުގައި ބޭނުންކުރަން ފަށާނެއެވެ. އަދި އެންމެ ރަނގަޅު ލޯގޯގެ ގޮތުގައި ހޮވޭ ލޯގޯ ފަރުމާ ކުރެއްވި ފަރާތަށް -/3500 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކުރެވޭނެއެވެ. ލޯގޯ ފަރުމާ ކުރައްވާ ފަރާތްތަކުން ލޯގޯ ފޮނުވާއިރު ފަރުމާ ކުރެއްވި ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއާއި ގުޅޭނެ ނަންބަރާއި ހުށަހަޅާ ފަރާތުގެ މަޢުލޫމާތު އަންގައިދޭ ލިޔުމަކާއެކު ކުރެހުމުގެ ސޮފްޓް އަދި ހާރޑްކޮޕީ މިދެންނެވި މުއްދަތުގެ ތެރޭގައި މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
21 ޖުމާދަލްއާޚިރާ 1437