މަސައްކަތް
ނަންބަރު: 401-IUL(MU)/2016/22
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 20:17
ސުންގަޑި: 10 އޭޕްރިލް 2016 13:00
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓެއް އެޅުމާގުޅޭ

އިޢުލާން

ބަށިކޯޓެއް އެޅުމާއިގުޅޭ

ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން މިރަށުގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ބަށިކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު 401-IUL(MU)/2016/16 (28 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ފުރިހަމަނުވާތީ، އެއަންދާސީހިސާބުތައް ބާޠިލު ކުރުމަށްފަހު އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އެޕްރީލް 2016 (އާދީއްތަ) ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 އެޕްރީލް 2016 (އާދީއްތަ) ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.   

25 ޖުމާދަލްއާޚިރާ 1437

03 އޭޕްރިލް 2016