ވަޒީފާގެ ފުރުޞަތު
ނަންބަރު: H6-SM/2016/01
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 20:00
ސުންގަޑި: 17 އޭޕްރިލް 2016 14:00
މާލެއަތޮޅު ހިންމަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ބާވަތް:

ދާއިމީ

މަޤާމް ނަންބަރު:

   

އޮފީސް:

ހިންމަފުށީ ޞިއްޙީ މަރުކަޒު

ސެކްޝަން:

އެޑްމިން

ރަށް:

ކ. ހިންމަފުށި

އަސާސީ މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދައިން ދަށްވެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދައިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކުރުމާއި، މުސާރަ ގަވާއިދުން ދިނުން.

- މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާއާއި، އެކިއެކި އެލަވަންސަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދިނުން.

- އިންވެންޓްރީ ބެލެހެއްޓުން (ޞިއްޙީ މަރުކަޒަށް ގެނެވޭ ރިކަރެންޓް ތަކެއްޗާއި ކެޕިޓަލް ތަކެތި ސްޓޮކާއި އިންވެންޓްރީގައި ލިޔެ ބެލެހެއްޓުން)

- މުވައްޒަފުންގެ އެސް.ޓީ.އޯ ކްރެޑިޓް ސްކީމާބެހޭ ރެކޯޑް ބަލަހައްޓައި، ރިޕޯޓް ފޮނުވުން.

- ފައިސާގެ ރެކޯޑްތައް ބަލަހައްޓައި، އެގޭ ރިޕޯޓް ތައްޔާރުކުރުން.

- އައިޓަމް ބާކީއާއި، ބަޖެޓް ބާކީ ބެލެހެއްޓުން.

- ބަޖެޓް ކޮންޓްރޯލް ހެދުމާއި، އަހަރުގެ ބަޖެޓް ތައްޔާރުކުރުން.

- ހުއްދަދެއްވާ ޗެކްކުރުން.

- ޞިއްޙީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ވެރިއެއްގެ ލަފަޔާއި މަޝްވަރާގެމަތިން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުމާއި ސުޕަވައިޒްކުރުން.

- ޞިއްޙީ މަރުކަޒުން ނީލަން ކިޔަންޖެހޭ ތަކެތިވާނަމަ، މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިއެއްގެ ލަފާގެމަތިން އެހީތެރިވެދިނުން.

- ޞިއްޙީ މަރުކަޒަށް ބޭނުންވާ ތަކެތި ހޯދުމަށާއި، ތަންތަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ރަށުންބޭރަށް ދާންޖެހޭ ހާލަތްތަކުގައި ދިއުން.

- ޞިއްޙީ މަރުކަޒުން ހިންގޭ އެކިއެކި ހެލްތު ޕްރޮމޯޝަން ހަރަކާތްތަކާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ހަރަކާތްތަކުގައި އެހީތެރިވެދިނުން.

- ސުޕަވައިޒުކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ބަލައި، ޕީ.އޭ ފޯމްތައް ގަވާއިދުން ފުރިހަމަކުރުން.

- މަރުކަޒަށް ބެނުންވާ ތަކެތި، މާލިއްޔަތު ގަވާއިދާ އެއްގޮތްވާގޮތުގެމަތިން އިންވޮއިސް ހަދައި، ފިހާރަތަކުން ގެނައުން.

- މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ވަޒީއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މި އޮފީހުން އަންގާ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

 

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، ކ. ހިންމަފުށީ ޞިއްޙީ މަރުކަޒުގައެވެ.

- އިންޓަވިއު ކުރުން އޮންނާނެ ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

- ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.

2- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުން)

3- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމާމެދު މިހާރު ވަޒީފާ އަދާކުރާ ތަނުން އިޢުތިރާޒެއް ނުކުރާކަމުގެ ލިއުން.

4- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭނޭ ލިއުމެއް.

5- ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރަމުންދާ މުއައްޒަފުން އެމުއައްޒަފެއްގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމް، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި ސިވިލް ސާރވިސްގައި ވަޒީފާއަދާކުރަމުންދާ މުއައްޒަފަކުވެސް މި ފޯމް ހުށަނާޅާނަމަ ފޯމްގައިހުރި ބައިތަކަށްބަލާ ދޭންޖެހޭ އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.

6- ވަޒީފާއަށް ކުރިމަތިލާ  ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

7- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

 

ތަކެތި ހުށަޖަޅަންޖެހޭ ގޮތާއި، އޮފީސް:

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، 2016 އެޕްރީލް 17 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމު ފުރުމަށްފަހު، ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކާއެކު، ހިންމަފުށީ ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

- ފުރިހަމަނުކުރާ ފޯމާއި ލިޔުންތައް ބަލައެއް ނުގަނެވޭނެއެވެ.

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ހިންމަފުށީ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަރުކަޒުގެ 6640413 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

25 ޖުމާދަލްއާޚިރާ 1437

03 އޭޕްރިލް 2016