ޢާންމު މަޢުލޫމާތު
ނަންބަރު: 216-MPAO/I/2016/10
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 17:23
ސުންގަޑި:
30 އޭޕްރިލް 2016 00:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވް ޕެންޝަން އެޑްމިނިސްޓްރޭޝަން ބަދަލުވުން
އިޢުލާން
ޕެންޝަން އޮފީސް ހިންގާ އިމާރާތް ބަދަލުވުން
2016 އެޕްރީލް 10 ވާ އާދީއްތަ ދުވަހުން ފެށިގެން ޕެންޝަން އޮފީސް ހިނގަމުންދާނީ މ. މޫކައި ސުއިޓްސްގެ ހަވަނަ ފަންގިފިލާގައެވެ. މިގޮތުން ބަދަލުވާ އިމާރާތަކީ ވަގުތީގޮތުން ބަދަލުވާ އިމާރާތެއް ކަމަށާއި، ކައިރި މުސްތަޤުބަލެއްގައި ދާއިމީ އިމާރާތަކަށް ބަދަލުވުމަށް ތައްޔާރުވަމުންދާކަން މިއޮފީހުގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގަމެވެ.
އޮފީސް އިމާރާތް ބަދަލުވި ކަމުގައި ވިޔަސް، މިއޮފީހަށް ގުޅަން ބޭނުންކުރާ ފޯން ނަންބަރަށް ބަދަލު އައިސްފައިނުވާކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މިގޮތުން މިހާރެކޭ އެއްގޮތަށް މިއޮފީހަށް ގުޅޭނީ 1441 ނަންބަރު ފޯނުންނެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
26 ޖުމާދަލްއާޚިރާ 1437
04 އޭޕްރިލް 2016