މަސައްކަތް
ނަންބަރު: (IUL)142-B1/1/2016/36
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 17:20
ސުންގަޑި: 28 އޭޕްރިލް 2016 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މާލެސިޓީގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ޙާފިޡުން ހޯދުން

އިޢުލާން

މާލެސިޓީގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ޙާފިޠުން ހޯދުން

1437 ވަނަ އަހަރުގެ ރަމަޟާން މަހު މާލެސިޓީގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދުކުރާނެ ޙާފިޡުން ހޯދަން ބޭނުންވެއެވެ. މިކަމަށް ދިވެހި ޙާފިޡުންނަށާއި ބިދޭސީ ޙާފިޡުންނަށް ފުރުޞަތު ހުޅުވާލަމެވެ.

މިކަމަށް އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ފޯމު "ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދުކުރާނެ ޙާފިޡުން ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު" ފުރިހަމަކޮށް 2016 އެޕްރީލް 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބިދޭސީއެއް ފޯމު ހުށަހަޅާނަމަ "ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ރަމަޟާންމަހު އިމާމުވެ ތަރާވީޙުނަމާދު ކުރާނެ ބިދޭސީން ހަމަޖެއްސުމާބެހޭ އުސޫލު" އާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްވެސް ދަންނަވަމެވެ. ފޯމާއި އުސޫލު މި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެއެވެ.

 އުޖޫރަ (އެލަވަންސް):

އެލަވަންސް ދެވޭނީ ދިވެހި ޙާފިޡުންނަށް އިމާމުވެ ތަރާވީޙުނަމާދު ކުރާ ކޮންމެ ރެޔަކަށް -/400 (ހަތަރުސަތޭކަ) ރުފިޔާއެވެ. ބިދޭސީ ޙާފިޡެއްނަމަ ކޮންމެ ރެއަކަށް -/200 (ދުއިސައްތަ) ރުފިޔާއެވެ. މިގޮތުން ފައިސާ ދެވޭނީ ރެއަކަށް މިސްކިތަކަށް 2 އިމާމުންނަށެވެ. މާލެ ސިޓީއާއި އަތޮޅުތަކުން އެލަވަންސް ހޯދުމަށް އެދި މި މިނިސްޓްރީއަށް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 2016 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކަމުގައި ދަންނަވަމެވެ.

26 ޖުމާދަލްއާޚިރާ 1437 

04 އޭޕްރިލް 2016