ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ – މެޑިކަލް ޑިޕާޓްމަންޓް
މަޤާމުގެ ޚުލާޞާ: މިމަޤާމަކީ ބަލިމީހުން ބެލުމާއި ފަރުވާ ދިނުމަށްޓަކައި ޚާއްޞަކުރެވިފައިވާ މަޤާމެކެވެ.
މަޤާމުގެ ޝަރުޠު:
- މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުން އަދި،
- މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައިވުން އަދި،
- މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން
ވަޒީފާގެ ޒިންމާތައް:
- މިނިސްޓްރީ އޮފް ހެލްތާއި އެޗް.ޕީ.އޭގެ ގައިޑްލައިންތަކާއި މެޑިކަލް އޮފިސަރުންގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތްވާ ގޮތުގެ މަތިން، ބަލިމީހުންނަށް ފަރުވާދޭއިރު ޢަމަލުކުރުން.
- އައްޔަންކޮށްފައިވާ ސީނިއަރ ސްޕެޝަލިސްޓެއްގެ ލަފަޔާ އެއްގޮތަށް މަސައްކަތްކުރުން އަދި ޑިޕާޓްމަންޓްގެ އިސްވެރިޔާއަށް ރިޕޯޓްކުރުން.
- ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
- މެޑިކަލްއާ ގުޅޭ ލީގަލް ކޭސްތަކުގައި ކޯޓަށް ބޭނުންވެއްޖެ ވަގުތެއްގައި ކޯޓަށް ހާޒިރުވުން އަދި ތަޙުޤީޤީ އިދާރާތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުން
- އިންވެސްޓިގޭޝަން ރިޕޯޓްސްތައް ލިބުމާއެކު، މަޝްވަރާކުރަންޖެހޭ ޚާއްޞަ ޑޮކްޓަރާ މަޝްވަރާކުރެއްވުން.
- ކޮންމެ ޕޭޝަންޓެއްގެ، ޑައިގްނޮސްޓިކްއާއި އެހެނިހެން ޕްރޮސީޖަރސްތަކަށް ޝެޑިއުލްއާ އެއްގޮތަށް ސީނިއަރ ޑޮކްޓަރގެ ލަފާގެމަތިން ތައްޔާރުކޮށް އަދި އެކަމާބެހޭ ޑޮކިއުމެންޓްސް ފުރިހަމަކުރުން.
- ބަލިމީހާއަށް ފަރުވާކުރުމަށް ހުންނަވާ ޑޮކްޓަރެއްގެ ލަފައާއެކު ބަލިމީހާގެ ޙާލަތު އޭނާގެ ޢާއިލާއާ ބަރާބަރަށް ހިއްސާކުރުން.
- ހަވާލުކުރެވިފައިވާ މަސައްކަތްތައް ދީފައިވާ މުއްދަތުގެ ތެރޭގައި ނިންމުން
- މީގެ އިތުރުން މެނޭޖްމަންޓުން އަންގަވާ އެހެނިހެން މަސައްކަތްތައް ކުރުމާއި އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތަކުގައި ބައިވެރިވުން
މުސާރައާއި އިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި: 28 އެޕްރީލް 2016 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
މިމަޤާމަށް ޝައުޤުވެރިވާ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލުން ނަމަ [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.
1. ވަޒީފާއަށް އެދޭ ފޯމު 2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 3. ސީވީ
4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރެއްވުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application
-Form-Aasandha-English.pdf
ޚާއްޞަ ސަމާލުކަމަށް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. ފުރިހަމަ ނުވާ ފޯމު އަދި ތަޢުލީމީ ސެޓުފިކެޓުތައް ބަލައިނުގަނަވޭނެއެވެ. އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ނަންބަރު: 1400 އަށް ގުޅުއްވުން އެދެމެވެ.