ދިވެހިރާއްޖެ
އައްޑޫސިޓީ، ފުވައްމުލައް އަދި ހުވަދުއަތޮޅުގެ ރަށްރަށް ހިމެނޭ ގޮތަށް ސަރަޙައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ (އޭ.ޕީ.ސީ)
ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ކުރިއަށްގެންދާ ސަރަޙައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު ކޯޑިނޭޓްކޮށް މެނޭޖްކުރުމުގައި އެހީތެރިވެދިނުމަށް ދެ (02) އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ ހޯދުމަށް ބޭނުންވެއެވެ.
އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތައް ޕްރޮޖެކްޓް ޑޮކިއުމަންޓް އަދި އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން ރާވައި، މެނޭޖްކުރުމާއި އަދި ޕްރޮޖެކްޓް ކޯޑިނޭޓަރަށް އައްޑޫ ސިޓީގައި އަދި ހުވަދުއަތޮޅުގައި ޕްރޮޖެކްޓްގެ ޢަމަލީ ސިފަ ގެނައުމުގައި އެހީތެރިވުމާއި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.
އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުންގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
ހ) ކޮމާރސް ނުވަތަ ސައިންސްގެ ސްޓްރީމް އިން އެޑްވާންސް ލެވެލް ސެޓުފިކެޓު ހޯދާފައިވުން.
ށ) މަދުވެގެން 02 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން، މީގެ ތެރެއިން 01 އަހަރުދުވަހު ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުގެ އެހީގައި ހިންގޭ ޕްރޮޖެކްޓްއެއްގައި މަސައްކަތް ކޮށްފައިވުން.
ނ) ކުނި މެނޭޖުކުރުމުގެ ދާއިރާއިން މަޝްރޫޢުތައް ހިންގުމާ ބެހޭގޮތުން މަޢުލޫމާތު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ރ) ދިވެހި އަދި އިނގިރޭސިބަހުން ލިޔުމާއި މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުން.
ބ) ޕްރޮކިއުމަންޓްގެ އުސޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުމަކީ އެދެވިގެންވާ ކަމެކެވެ.
- އަމިއްލަ މަސައްކަތް ތަރުތީބުކަމާއެކު ފުރިހަމަ ކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން. އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން؛
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއެކު، ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން.
- މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާއި ހަވާލުކުރެވިފައިވާ ސިވިލް ސާރވިސް މަޤާމުގެ މަސައްކަތް ކުރަމުންދާ ގޮތުގެ ފެންވަރު ބަލައި ވަޒަންކުރެވޭނެއެވެ.
މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް -/15,000 ރުފިޔާއާއި -/18,000 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ދެވޭނެއެވެ.
މި މަސައްކަތުގެ މުއްދަތަކީ ސަތިރީސް (36) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.
މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މަޢުހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018329 ، 3018431 އަށް ގުޅުއްވުން އެދެމެވެ.
ޝައުޤުވެރިވާ ފަރާތްތަކުން 2016 އެޕްރީލް 18 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ