މަސައްކަތް
ނަންބަރު: (IUL)1-FA(B)/1/2016/13
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 10 އޭޕްރިލް 2016 00:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މިއޮފީހުގެ ބޭނުމަށް ގެންގުޅޭ 98 ގޮނޑީ (އަތްގަޑުލީ) ގައި މިހާރުހުރި ގޮދަޑީގެ ފޮތި ބަދަލުކޮށް، ވަރުނީސްކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އިޢުލާން

98 ގޮނޑި، އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެ

 މިއޮފީހުގެ ބޭނުމަށް ގެންގުޅޭ 9 ގޮނޑީ (އަތްގަޑުލީ) ގައި މިހާރުހުރި ގޮދަޑީގެ ފޮތި ބަދަލުކޮށް، ވަރުނީސްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް މި އޮފީހުގެ ނަންބަރު (IUL)1-FA(B)/1/2016/11 (3 އެޕްރީލް 2016) އިޢުލާނާ ގުޅިގެން، އަންދާސީހިސާބު މަޢުލޫމާތު ހޯދުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 އެޕްރީލް 10 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އެޕްރީލް 12 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

28 ޖުމާދަލްއާޚިރާ 1437

06 އޭޕްރިލް 2016