ދިވެހިރާއްޖެ
އިޢުލާން
މިޑިޕާޓްމަންޓްގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ވަގުތީ މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު |
އެގްޒެމިނަރ ( ކޮންޓްރެކްޓް ) |
||||
ބޭނުންވާ އަދަދު |
ދިވެހި މާއްދާގެ 6 އިސްލާމް މާއްދާގެ 6 |
||||
އުޖޫރަ: |
-/10,000 ރުފިޔާ |
||||
މުއްދަތު: |
މޭ 02 އިން ޖޫން 13 އަށް |
||||
އަސާސީ ޝަރުޠު: |
|
||||
މަޤާމުގެ މަސްއޫލިއްޔަތު: |
|
ވަޒީފާއަށް އެންމެ ޤާބިލު މީހެއް ހޮވުމަށް ބަލާނޭ ކަންކަން - ޕޭޕަރ ސެޓިންގގެ މަސައްކަތަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓުފިކެޓުތަކަށާއި މަސައްކަތުގެ ޢަމަލީ ތަޖްރިބާއަށް ބަލައިގެން، ޕޮއިންޓް ދޭ އުސޫލުން، އެންމެމަތިން މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދަށެވެ. - ދެފަރާތެއްގެ މާކްސް ހަމަހަމަވެއްޖެނަމަ، އޭގެތެރެއިން ވަކިމީހަކު ކަނޑައަޅާނީ އިންޓަރވިއު ކޮށްގެންނެވެ. |
އިންޓަރވިއު ކުރުން: މިމަޤާމުތަކަށް މީހުން ހޮވުމަށް އިންޓަރވިއު ކޮށް ލިޔުމުން ޖަވާބުދާރީ ކުރުވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ www.dpe.edu.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
ށ- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައި )
ނ- ވަޒީފާއެއް އަދާކުރާނަމަ ( މިމަސައްކަތަށް ދޫކުރާނޭ ކަމުގެ ލިޔުން ) ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.
ރ- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ .
ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 (ބޮޑުތަކުރުފާނު މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ 13:00
25 ޖުމާދަލްއާޚިރާ 1437