ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2016/37
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 13 އޭޕްރިލް 2016 12:30
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

މަޤާމް :ކޮންސަލްޓެންޓް
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

01

މުސާރަ

މަހަކު -/17000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޑިސެބިލިޓީ ޑިވިޜަން

މަސައްކަތުގެ މުއްދަތު

އެޕްރީލް 2016 އިން ޖަނަވަރީ 2017 ގެ ނިޔަލަށް (10 މަސް ދުވަހަށް)

ފެންވަރު ނުވަތަ ޝަރުޠު

  • ސޯޝަލް ސައެންސްގެ ދާއިރާއަކުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީގެ ފާހެއް އޮތުން. ނުކުޅެދުންތެރިކަމާ ގުޅުންހުރި ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ނުކުޅެދުންތެރިކަން ހުރި ފަރާތްތަކާއެކު މަދުވެގެން 2 އަހަރުދުވަހު މަސައްކަތް ކޮށްފައިވުން.
  • ވަޒީފާގެ ބާޒާރު ނުވަތަ ކެރިއަރ ގައިޑެންސްގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަމްރީނު ދިނުމާއި، ވަޒީފާ ދޭ ފަރާތްތަކަށް ތަމްރީނު ދިނުމުގެ ތަޖުރިބާ ހުރުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު 2010/08 އާއި އެއާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރިވެފައިވުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރައްކާތެރި ކުރުމާ ގުޅޭގޮތުން ރާއްޖޭގައި ކުރެވިފައިހުރި މަސައްކަތްތަކަށް އަހުލުވެރިވެފައިވުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޢާމަލާތުކުރުމާއި ލިޔުމުގެ ޤާބިލުކަން ލިބިފައިވުން. މީގެ އިތުރުން ސައިން ލެންގުއޭޖުން ވާހަކަ ދައްކަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެ.
  • މަޢުލޫމާތު އެއްކުރުމާއި، މަޢުލޫމާތުގެ އަލީގައި އެނެލިސިސް ހަދައި ރިޕޯޓްތައް އެކުލަވާލުމުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރ ބޭނުންކުރުމުގެ ހުނަރު ލިބިފައިވުން (ވާރޑް، އެކްސެލް، ޕަވަރޕޮއިންޓް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދައި އެކުލަވާލައި މިނިސްޓްރީއަށް ހުށަހެޅުން.
  2. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާގެ މައިދާނަށް ނުކުތުމަށް ޝައުޤުވެރިކަން ހުރި ފަރާތްތައް ހޯދާ އެމީހުންގެ ދަފްތަރެއް އެކުލަވާލައި މިނިސްޓްރީއަށް ހުށަހެޅުން.
  3. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުން. އަދި އެމީހުން އެކަމަށް ތައްޔާރުކުރުން.
  4. ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އެފަރާތުގެ ހުންނަ ނުކުޅެދުންތެރިކަމަށް ބަލައި އެކަށީގެންވާ ވަޒީފާ ހޯދައި ދިނުމުގެ މަސައްކަތް ކުރުން.
  5. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މައިދާނުގައި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މިނިސްޓްރީގައި މަޢުލޫމާތު ދޭ ޑެސްކެއް އެކުލަވާލައި ވަޒީފާއާ ގުޅޭގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހޭލުންތެރި ކުރުވުން. (ލީފްލެޓް، ޕޯސްޓަރ، ވެބްސައިޓުގައި ޝާއިޢުކުރުން. މީޑިއާ މެދުވެރިކޮށް).
  6. ވަޒީފާ ދޭ ފަރާތްތަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނުކުޅެދުންތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދީ ތަމްރީނު ޕްރޮގްރާމް ހިންގުން.
  7. ވަޒީފާގެ މައިދާނަށް އަހުލުވެރި ކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށް (ވޮކޭޝަނަލް) ތަމްރީނު ހިންގުން.
  8. މަސައްކަތުގެ މައިދާނުގައި ދިމާވާ މައްސަލަތައް ޙައްލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުން.
  9. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހުންނެކޭ އެއްފަދައިން އެމީހަކު އިޚުތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ، އަދި ވަޒީފާގެ މައިދާނުގެ ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރުން.

މި މިނިސްޓްރީގެ ނަންބަރު IUL)459-HRM/1/2016/22 މާރިޗު 2016) އިޢުލާނުން ޑިސެބިލިޓީ ޑިވިޜަންގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ކޮންސަލްޓެންޓެއް ހޯދުމަށް ކުރި އިޢުލާނަށް ކުރިމަތިލފާއިވާ ފަރާތްތައް މަދުވުމުން އަލުން މިމަޤާމަށް އިޢުލާން ކުރަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ހުރިކަން ބަޔާންކޮށް ހުށަހަޅާ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)، އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  3. މި މަސައްކަތްކުރުމަށް އެދި ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  5. މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  6. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2016 އެޕްރީލް 13 ވާ ބުދަ ދުވަހުގެ 12:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް، މި އިޢުލާނުގައި ބަޔާންކުރާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013019/3027547 އެވެ.  

03 އޭޕްރިލް 2016