ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2016/29
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 05 އޭޕްރިލް 2016 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެޓޯލްސް އޮފިސަރ ޓްރެއިނީ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެޓޯލްސް އޮފިސަރ ޓްރެއިނީގެ މަޤާމުގައި ގިނަވެގެން 2 މަސްދުވަހުގެ މުއްދަތަށް މަސައްކަތް ކުރާނެ ފަރާތެއް. (ކުންފުނިން ބޭނުންވެއްޖެނަމަ މަސައްކަތް ކުރާ މުއްދަތު އިތުރު ކުރާގޮތަށް)

ބޭނުންވާ އަދަދު:

01

މުސާރަ:

  1. -/4401 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ އެއް ރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް:

  1. -/1890 ރުފިޔާ (އެއްހާސް އަށްސަތޭކަ ނުވަދިހަ ރުފިޔާ)

 

އޮފީސް:

ލ.ފޮނަދޫ ޕޯސްޓް އޮފީސް

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް ނުވަތަ އޭލެވެލްގެ މަސައްކަތާ ގުޅޭ މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު އިނގިރޭސިއާއި ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއި ކުރެވޭ އިންޓަރވިއުއިން ފާސްވުން ނުވަތަ؛
  • ގްރޭޑް 8 ގެ ފެންވަރު ހުރުމާއި ކުރެވޭ އިންޓަރވިއުއިން ފާސްވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކު ކަމުގައި ނުވުން
  • މިވަޒީފާއަށް މީހުން ހޮވުމުގައި އޮފީހުގައި ޚިދުމަތްތައް ފޯރުވައިދިނުމުގެ އިތުރުން އިދާރީ މަސައްކަތްތަކާއި، ފައިސާގެ މަސައްކަތްތަކާއި، މޭލް ބެހުމާއި މޭލްބޭގްތައް ހަވާލުވުމާއި އަދި ފޮނުވުން ފަދަ މަސައްކަތްތަކަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 05 އެޕްރީލް 2016ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހެޑްއޮފީހުގެ ފެކްސް ނަންބަރު 3321559 ފެކްސް ކުރެއްވުން އެދެމެވެ. ލ.ފޮނަދޫން ނަމަ، ލ.ފޮނަދޫ ޕޯސްޓް އޮފީހަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009272،3009273،3009274

ފެކްސް: 3321559

03 އޭޕްރިލް 2016