ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2016/33
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 09:21
ސުންގަޑި: 10 އޭޕްރިލް 2016 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓްމަން ޓްރެއިނީ

އިޢުލާން

ވަޒީފާގެ ފުރުޞަތު 

މަޤާމް:

ޕޯސްޓްމަން ޓްރެއިނީ

ބޭނުންވާ އަދަދު:

01

މުސާރަ:

  1. -/4122 ރުފިޔާ (ހަތަރުހާސް އެއްސަތޭކަ ބާވީސް ރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  3. އެވްރެޖްކޮށް 70 ޕޮއިންޓަށްވުރެ އިތުރަށް ބަހާ ޕޮއިންޓަށް ކަނޑައެޅިފައިވާގޮތުގެ މަތިން އިތުރު ފައިސާ ލިބޭނެއެވެ.

އެލަވަންސް:

  1. -/1860 ރުފިޔާ (އެއްހާސް އަށްސަތޭކަ ފަސްދޮޅަސް ރުފިޔާ)
  2. އަމިއްލަ ސައިކަލުގައި މެއިލް ބެހުމުގެ މަސައްކަތްކުރާނަމަ ޕެޓްރޯލް އެލަވަންސް ދެވޭނެއެވެ.

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިވިޜަން:

މެއިލް އޮޕަރޭޝަންސް ޑިވިޜަން

މަޤާމުގެ ޝަރުޠު:

  • ދަށްވެގެން ގްރޭޑް ހަތެއްގެ ފެންވަރު ހުރުމާއެކު ކުރާ އިންޓަރވިއުއިން ފާސްވުން ނުވަތަ
  • އިނގިރޭސިބަހުންނާއި ދިވެހިބަހުން ލިޔަން އަދި ކިޔަން ފަރިތަކޮށް އެނގުމާއެކު، ކުރާ އިންޓަރވިއުއިން ފާސްވުން.
  • މާލޭގެ ގެތަކާއި/އެޑްރެސް އަދި މަގުތަކަށް ފަރިތަވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން. ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއް ހުރި މީހަކަށްވުން.
  • ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހަކުކަމުގައިވުން.
  • އަމިއްލަ ދުއްވާ އެއްޗެއްގައި މެއިލް ބެހޭ ފަދަ މީހަކަށްވުން.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ހަވާލުކުރެވޭ މަސައްކަތް ދުވަހުން ދުވަހަށް ނިންމޭ ފަދަ ޤާބިލު ފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއެކު ގުޅޭނެ ފޯން)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ވަޒީފާގައި މިހާރު އުޅުއްވާ ފަރާތެއްނަމަ، ނުވަތަ ކުރިން ވަޒީފާއެއްގައި އުޅުއްވާފައިވާ ފަރާތެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް (ވަޒީފާއަށް ހޮވިއްޖެނަމަ ހުށަހަޅުއްވަންޖެހޭނެއެވެ.) 

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 10 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 3 ވަނަ ފްލޯރއަށް ވަޑައިގެން ހިއުމަން ރިސޯސަސް ސެކްޝަނަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ. 

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސް ކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271،3009272،3009273

ފެކްސް: 3321559

03 އޭޕްރިލް 2016