ވަޒީފާގެ ފުރުޞަތު
ނަންބަރު: GS111/2016/05
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 08:49
ސުންގަޑި: 13 އޭޕްރިލް 2016 10:00
ހެނބަދޫ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ޕްރައިމަރީ)، ރިލީފް ޓީޗަރ (ޕީއީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ރިލީފް ޓީޗަރ (ޕްރައިމަރީ)

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމް: ރިލީފް ޓީޗަރ (ޕީއީ)

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠު:

1- ޓީޗިންގ ސެޓްފިކެޓް އޮތް މީހަކުކަމުގައިވުން. ނުވަތަ،

2. ގުރޭޑް 10 ނިންމާފައިވުން. ނުވަތަ،

3. ގުރޭޑް 7 ނިންމާފައިވުން.

ފެންވަރު

މުސާރަ (މަހަކަށް)

ސަރވިސް އެލަވަންސް

ގުރޭޑް 7 ނިންމާފައިވުން

-/3،100 ރުފިޔާ -/1،000 ރުފިޔާ

ސާނަވީ ތަޢުލީމް ނިންމާފައިވުން.

-/3،565 ރުފިޔާ -/1،500 ރުފިޔާ

ސާނަވީ ތަޢުލީމް ހާސިލުކޮށް، ދިވެހި މާއްދާއާއެކު އިތުރު 2 މާއްދާއިން ފާސްވެފައިވުން.

-/4،000 ރުފިޔާ

-/1،500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސުންގަޑި:

ރިލީފް ޓީޗަރުކަމަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކުން، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު، 2016 އެޕްރީލް 13 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން މި ސްކޫލުގެ އޮފީހަށް ސިޓީ ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން އޮންނާނީ، 2016 އެޕްރީލް 18 ވަނަ ދުވަހުގެ 11:00 ގައި ހެނބަދޫ ސްކޫލުގައެވެ.

ނޯޓު:

ރިލީފް ޓީޗަރުން ކޮންޓްރެކްޓް ކުރެވޭނީ 3 މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ.

25 ޖުމާދަލްއާޚިރާ 1437

03 އޭޕްރިލް 2016