މަސައްކަތް
ނަންބަރު: (IUL)438-PRCU/1/2016/30
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 14 އޭޕްރިލް 2016 10:30
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން ރިޕޯޓްގެ ލޭއައުޓް ހަދައިދޭނެ ފަރާތެއް ހޯދުމާގުޅޭ

ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން ރިޕޯޓުގެ ލޭއައުޓް ހަދައިދޭނެ ފަރާތެއް ހޯދުމާގުޅޭ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ތައްޔާރުކުރަމުންދާ "ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން" ރިޕޯޓުގެ ލޭއައުޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ހުށަހަޅަންވީ ތަކެތި

  • މިމަސައްކަތް ކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • މަސައްކަތް ނިންމޭނެ މުއްދަތު
  • ބީލަން ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ކުރިން ކުރެވިފައިވާ މަސައްކަތްތަކުގެ ކުލަ ޕޯޓްފޯލިއޯ.

ބިޑް ހުށަހަޅުއްވަންވީގޮތް

މިމަސައްކަތަށް ބިޑް ހުށަހަޅުއްވަންވާނީ މިމިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް ބިޑް ތައްޔާރުކުރުމަށްފަހު ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި ހުންނަންވާނެއެވެ.

ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން ރިޕޯޓުގެ ލޭއައުޓް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމާބެހޭ

އިޢުލާނު ނަންބަރު: (IUL)438-PRCU/1/2016/30 

މަސައްކަތުގެ މަޢުލޫމާތު

މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް ކަމަށްވާ www.environment.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓްގައި 'ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން ރިޕޯޓުގެ ލޭއައުޓް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމާބެހޭ' ޖައްސަވާފައި ފޮނުއްވުން އެދެމެވެ.

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބައްދަލުކުރާ ކޮޓަރިއެއްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

  • ހުށަހަޅަންވީ މަޢުލޫމާތުތައް ބިޑް ޑޮކިއުމަންޓްގައި ހަމަވުން ލާޒިމުވެގެންވެއެވެ. މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018337 / 3018300 ނަންބަރު ފޯނަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ.

އީމެއިލް: [email protected]

04 އޭޕްރިލް 2016