ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2016/26
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 10 އޭޕްރިލް 2016 14:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި ގޮނޑަށް އިތުރުކުރެވުނު ބައިގައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

އިޢުލާން

ކުނިގޮނޑަށް އިތުރުކުރެވުނު ބައިގައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

މިރަށުގެ މިހާރުގެ ގޮނޑާ އިންވެގެން އިރުމައްޗަށް އަލަށް އިތުރުކުރެވުނު ބިމުގައި، މި އިދާރާއިން ހުދުކުލައިގެ ދަވާދުން ނަންބަރުޖަހައި ބޮޅުއަޅާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި ރުއްގަހުގެ ވެރިފަރާތްތަކުން، މި އޮފީހުން ޖަހާފައިވާ ނަންބަރާއި، ވެރިފަރާތުގެ ނަމާއި އެޑްރެސް އަދި ރުއްގަހުގެ މޮޅު/ ދެރަ ބަޔާންކުރައްވައި، 2016 އެޕްރީލް 10 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ހުށަނާޅުއްވާ ރުއްގަސް ބެލެވޭނީ ރައްޔިތު ރުއްގަހުގެ ގޮތުގައެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޖުމާދަލްއާޚިރާ 1437

31 މާރިޗު 2016