ދިވެހިރާއްޖެ
ހަކަތައިގެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ހަކަތައިގެ ޤާނޫނު އެކުލަވައިލުމުގެ މަސައްކަތްކުރާނެ ކޮންސަލްޓެންސީ ޓީމެއް ބޭނުންވެއެވެ.
މި މަސައްކަތުގެ މަޤުޞަދަކީ މުޅިން އަލަށް ތަޢާރަފުކުރާ ހަކަތައިގެ ގާނޫނު އެކުލަވައިލައި، ހަކަތައިގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ މަޝްވަރާކޮށް ޤާނޫނު ފައިނަލް ކުރުމެވެ.
މި މަސައްކަތަށް ކުރިމަތިލާ ޓީމުގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
ހ) ޤާނޫނީ ދާއިރާ އިން ބެޗެލަރސް ޑިގްރީ ހާސިލުކޮށްފައިވާ އަދި ޤާނޫނީ ދާއިރާގައި ނުވަތަ ޤާނޫނީ އޮނިގަނޑު ތައްޔާރުކުރުމުގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ޓީމުގައި ހިމެނުން
ށ) ހަކަތައިގެ ދާއިރާ އިން ބެޗެލަރސް ޑިގްރީ ހާސިލުކޮށްފައިވާ އަދި ހަކައިގެ ދާއިރާގައި ނުވަތަ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ޓީމުގައި ހިމެނުން
ނ) ރާއްޖޭގައި ޤާނޫނީ އޮނިގަނޑު ނުވަތަ ރެގިއުލޭޝަންތައް އެކުލަވައިލުމުގައި ތަޖުރިބާ ލިބިފައިވުން
މީގެ އިތުރުން މި މަސައްކަތުގެ "ޓަރމްސް އޮފް ރިފަރެންސް"ގައި ހިމެނިފައިވާ ކަންކަމަށް ބެލޭނެއެވެ.
މި މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 90 ދުވަހެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ("އެކްސްޕްރެޝަން އޮފް އިންޓްރެސްޓް") ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ.
ހ) މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ ދާއިރާތަކުން މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.
ށ) މަސައްކަތް ކުރުމަށް ހުށަހަޅާ އަގުގެ "ފައިނޭންޝިއަލް ޕްރޮޕޯސަލް" ހުށަހަޅަން ވާނެއެވެ.
ނ) މަސައްކަތް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ "މެތޮޑޮލޮޖީ" ހުށަހަޅަން ވާނެއެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ.
"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައި 13 އޭޕްރީލް 2016 ވަނަދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފެކްސް: -3018-301960+
އީމެއިލް: [email protected]
"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް"ގެ ލިޔުން ފޮނުއްވާނީ ސީޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މިހެން ލިޔުއްވަންވާނެއެވެ. އަދި މީގެ އިތުރުން މި މަސައްކަތުގެ ނަމާއި، ހުށަހެޅި ފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތުވެސް ލިޔެފައި އޮންނަންވާނެއެވެ.