ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)439-MS/439/2016/25
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 13:20
ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ދިނުމަށް
އިޢުލާން
އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު (2/2014) ގެ ދަށުން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެ ގޮތުން "ފަޤީރު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ" އަށް އެދި ހުށަހަޅާ ފޯމު 20 މާރިޗު 2016 ވަނަ ދުވަހުން ފެށިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީންނާއި މި ކައުންސިލުން އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ވެބްސައިޓުން (www.nspa.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
އަދި މި ދެންނެވި ފޯމު 15 އެޕްރީލް 2016 ވަނަ ދުވަހުން ފެށިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މިހެންވެ މި ކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
15 ޖުމާދަލްއާޚިރާ 1437
24 މާރިޗު 2016