ދިވެހިރާއްޖެ
އިޢުލާން
ވެލާ ކަހަނބު ޙިމާޔަތްކުރުން
ދިވެހިރާއްޖޭގެ ދިރޭ ތަކެތީގެ ބާވަތްތަކާއި ވިރާސީ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ޤާނޫނު އަސާސީ 22 ވަނަ މާއްދާ ލާޒިމުކުރާ ހިނދު، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (ނަންބަރު 4/93) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިރޭ ތަކެތީގެ ނަސްލު ރައްކާތެރިކުރުމުގެ ގޮތުން، ކަނޑުގެ މާޙައުލުގައި އުޅޭ ވެލައާއި ކަހަނބުގެ ހުރިހާ ބާވަތެއް މިއަދުން ފެށިގެން ޙިމާޔަތްކޮށްފީމެވެ.
މިހާތަނަށް ރާއްޖޭގެ ކަނޑުތަކުގައި އުޅޭކަމަށް ފާހަގަކުރެވިފައިވާ ވެލާ ކަހަނބުގެ ބާވަތްތައް |
|||
|
ދިވެހި ނަން |
އާންމު ނަން |
ސައިންޓިފިކް ނަން |
1 |
ވެލާ |
Green turtle |
Chelonia mydas |
2 |
ކަހަނބު |
Hawksbill turtle |
Eretmochelys imbricata |
3 |
ވާވޮށި ވެލާ |
Olive Ridley turtle |
Lepidochelys olivacea |
4 |
ބޯބޮޑު ވެލާ |
Loggerhead Turtle |
Caretta caretta |
5 |
މުސިންބި |
Leatherback turtle |
Dermochelys coriacea |
ވީމާ، 4 އޭޕްރިލް 2016 އިން ފެށިގެން ވެލާ ކަހަނބުގެ ހުރިހާ ބާވަތެއް ޤާނޫނު ނަންބަރު 4/93 ގެ ދަށުން ޙިމާޔަތްކުރެވުމާ ގުޅިގެން އަންނަނިވި ކަންތައްތައް ކުރުމަކީ މަނާކަމެކެވެ.
- ވެލާ ކަހަނބުގެ ބާވަތްތައް ހިފުން.
- ވެލާ ކަހަނބުގެ ބިސް ނެގުމާއި ބިސްވަޅުތަކަށް ގޯނާކުރުން.
- ވެލާ ކަހަނބު ގެންގުޅުން.
- ވެލާ ކަހަނބާއި އޭގެ ބައިތަކުގެ ވިޔަފާރިކުރުން.
- ވެލާ ކަހަނބަށް އެއްވެސް ގޯނާއެއް ކުރުމާއި އަދި އެ ތަކެތި އާންމުކޮށް އުޅޭ މާޙައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުން.
- ވެލާ ކަހަނބާއި، ވެލާ ކަހަނބުގެ ބިހާއި، ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓުކޮށް އެކްސްޕޯޓު ކުރުން.
- އެއްވެސް ފަރާތަކުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ނުހޯދައި ވެލާ ކަހަނބާ ގުޅޭ ދިރާސާތައް ކުރުމާއި ވެލާ ކަހަނބު އާލާކުރުމުގެ މަސައްކަތް ކުރުން.
ވެލާ ކަހަނބާ ގުޅޭ ދިރާސާތައް ކުރުމާއި ވެލާ ކަހަނބު އާލާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ފަރާތްތަކުން، މި އިޢުލާން ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ލިޔުމަކުން އަންގައި އެފަރާތުގެ ހުއްދަ ހޯދަންވާނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ސަރަޙައްދުން އާންމުކޮށް ނުފެނުނު ނަމަވެސް ކަނޑުގެ ދިރުންތަކުގެ ގޮތުގައި ހިމެނޭ އެންމެހައި ބާވަތްތަކުގެ ވެލާ ކަހަނބާމެދު ޢަމަލު ކުރަންވާނީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތަށެވެ. މިއާ ޚިލާފުވާ ފަރާތްތަކާމެދު ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 4/93) ގެ ދަށުން ހަދާފައިވާ ތިމާވެށްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ޤާނޫނީ ފިޔަވަޅު އަޅާނެކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
26 ޖުމާދަލްއާޚިރާ 1437