ދިވެހިރާއްޖެ
އިޢުލާން
ކޮމްޕިއުޓަރ ސިސްޓަމް ހޯދުމާބެހޭ
މިއަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ ކޮމްޕިއުޓަރ ހޯދުމަށް ކުރެވުނު ނަންބަރު:IUL)VAH/VAH/2016/01) އިޢުލާނަށް އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ އަންދާސީހިސާބުގައިވާ ސްޕެސިފިކޭޝަން ދިމާނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މިހޮސްޕިޓަލަށް ތިރީގައިމިވާ ތަކެތި ހޯދުމަށް އިޢުލާންކުރަމެވެ.
6 ކޮމްޕިއުޓަރ ސިސްޓަމް
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ވ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެންދެއްވުން އެދެމެވެ.
| 
 މަޢުލޫމާތު ސާފުކުރުމަށް  | 
 އަންދާސީހިސާބު ހުށަހެޅުމަށް  | 
| 
 07 އެޕްރީލް 2016 (ބުރާސްފަތި ) ދުވަހުގެ 11:00 އަށް  | 
 12 އެޕްރީލް 2016 (އަންގާރަ) ދުވަހުގެ 13:30 އަށް  | 
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6700029 ނަންބަރު ފޯނާއެވެ.
22 ޖުމާދަލްއާޚިރާ 1437