މަސައްކަތް
ނަންބަރު: (IUL) 267/2016/10
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 11 އޭޕްރިލް 2016 14:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ޙިފްޡުކޮށް ތަރާވީޙުނަމާދު ކުރާނެ ޙާފިޡުން ހޯދުމާބެހޭ

އިޢުލާން

އިމާމުވެ ޙިފްޡުކޮށް ތަރާވީޙުނަމާދު ކުރާނެ ޙާފިޡުން ހޯދުމާބެހޭ

1437 ވަނަ އަހަރު ރަމަޟާންމަހު މިރަށުގެ ހުކުރުމިސްކިތުގައި ޙިފްޡުކޮށް ތަރާވީޙުނަމާދު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާގެ ފޯން ނަންބަރު 6520034 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޙާފިޡު ގެނެސްދެވޭނެ އަގުގެ އަންދާސީހިސާބު 11 އެޕްރީލް 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:30 އަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފަރާތްތަކުން އީމެއިލް ކުރައްވާނީ [email protected] އަށެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ބަޔަކު ކަނޑައެޅުމުގައި ބަލަން ހަމަޖެހިފައިވަނީ، އަގާއި ތަޖުރިބާއަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޖުމާދަލްއާޚިރާ 1437

29 މާރިޗު 2016