މަސައްކަތް
ނަންބަރު: B/PR/16/000495
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:33
ސުންގަޑި: 10 އޭޕްރިލް 2016 15:00
ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ރަސްދޫ ބްރާންޗް އަދި އޭޓީއެމް ބޫތު ފޮޅައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ބޭންކް އޮފް މޯލްޑިވްސް ޕލކގެ ބޭނުމަށް ރަސްދޫ ބްރާންޗް އަދި އޭޓީއެމް ބޫތު ފޮޅައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަަންނަވާނަމަ، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިބޭންކުގެ ރަސްދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

10 އެޕްރީލް 2016

އާދީއްތަ

15:00

އަންދާސީހިސާބު ހުށަހެޅުން

18 އެޕްރީލް 2016

ހޯމަ

15:00

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމަންޓްތައް މިބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

21 ޖުމާދަލްއާޚިރާ 1437

30 މާރިޗު 2016