މަސައްކަތް
ނަންބަރު: (IUL)416-ESMSPR/416/2016/28
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި:
12 އެޕްރީލް 2016 14:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޙިފްޡުކޮށް އިމާމްވެ ތަރާވީޙުނަމާދު ކޮށްދޭނެ 2 ޙާފިޡަކު ހޯދަން ބޭނުންވެއްޖެ
މިއިދާރާގެ ނަންބަރު: (IUL)416-ESMED/416/2016/20 (14 މާރިޗު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ޙިފްޡުކޮށް އިމާމްވެ ތަރާވީޙުނަމާދު ކޮށްދޭނެ 2 ޙާފިޡަކު ހޯދަން ބޭނުންވެއްޖެ.
1437 ވަނަ އަހަރު ރަމަޟާންމަހު ގދ. މަޑަވެލީ މަސްޖިދުލްބަރަކާތު މިސްކިތުގައި ހިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދުކޮށްދޭނެ 2 ޙާފިޡަކު ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަން ކޮށްދެއްވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތަކާއެކު 12 އެޕްރީލް 2016 ވަނަ ދުވަހުގެ 14:00 ގެކުރިން މަޑަވެލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
- ހިފްޡުކޮށް (މުސްޙަފް އެކީ ނުބަލައި) އިމާމްވެ ތަރާވީޙުނަމާދުކޮށްދޭނެ ބޭފުޅެއްގެ މުސާރައާއި އެކޮމަޑޭޝަން އަދި ދަތުރުޚަރަދު.
- ހިފްޡުކޮށް (މުސްޙަފް އެކީގައި ނުބަލައި) އިމާމުވެ ތަރާވީޙުނަމާދުކޮށްދޭނެ ބޭފުޅެއްގެ ނަމާއި އެޑްރެސް އަދި އައިޑެންޓިޓިކާޑުގެ ފޮޓޯކޮޕީ.
- ހިފްޡުކޮށް (މުސްޙަފް އެކީގައި ނުބަލައި) އިމާމުވެ ތަރާވީޙުނަމާދުކުރެވޭނެ ފަރާތެއްކަން ބަޔާންކޮށްދޭ ކިޔަވައިދޭ މަރުކަޒަކުން ދީފައިވާ ލިޔުމެއް.
- ޙާފިޡުކަމުގެ ސެޓުފިކެޓުގެ ކޮޕީއެއް.
- ރާއްޖޭގައި އުޅޭ ބިދޭސީއެއްނަމަ އެމީހެއްގެ ވާރކްވިސާގެ ކޮޕީ އަދި ޙާފިޡުކަމުގެ ސެޓުފިކެޓުގެ ކޮޕީ.
- ހިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކުރެވޭނެ ދިވެހި ޙާފިޡުންނަށް އިސްކަންދެވޭނެއެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 6840006 ނުވަތަ 9966969 އާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
30 މާރިޗު 2016