ދިވެހިރާއްޖެ
އިޢުލާން
މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މަސްޖިދު ޢިއްޒުއްދީނުގައި އިތުރު ވަޅެއް ހަދައި، ފައްތައި އަދި އެ ވަޅުން މިސްކިތުގެ ވުޟޫކުރާ އިސްކުރުބަރިއަށާއި، ފާޚާނާއަށް ފެން ގުޅައިދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު: 368/IUL/2016/13 (07 މާރިޗު 2016) އިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ޖަލްސާކުރާ މާލަމް |
10 އެޕްރީލް 2016 |
އާދީއްތަ |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
ޖަލްސާކުރާ މާލަމް |
13 އެޕްރީލް 2016 |
ބުދަ |
11:00 |
މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
22 ޖުމާދަލްއާޚިރާ 1437