މަސައްކަތް
ނަންބަރު: GS-138/IUL/2016/P1-4
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 12 އޭޕްރިލް 2016 13:30
ދޮންފަނު ސްކޫލް
ދިވެހިރާއްޖެ
ސްޓޭޖް ކްލާހުގައި އެލްމެނިއަމް ދޮރު ހަރުކުރުމާގުޅޭ

އިޢުލާން

ސްޓޭޖް ކްލާހުގައި އެލްމެނިއަމް ދޮރު ހަރުކުރުމާގުޅޭ:

މި ސްކޫލުގެ ނަންބަރު GS-138/IUL/2016/P1-3 އިޢުލާންގައިވާ ތާރީޚާއި ޕްރީ ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚާ ދެމެދު 7 ދުވަސް ހަމަނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލުގެ ސްޓޭޖް ކްލާހުގެ ދެ ފަރާތުގައި އެލްމެނިއަން ދޮރާއި ކުޑަދޮރު ހަރުކުރަން ވަނީ ބޭނުންވެފައެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 12 އެޕްރީލް 2016 ގެ 13:30 ގައި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 އެޕްރީލް 2016 ގެ 13:30 ގައި ސްކޫލް އޮފީހަށް ހާޒިރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ މި ގަޑީގައެވެ.

31 މާރިޗު 2016