މަސައްކަތް
ނަންބަރު: (IUL)219-CA/1/2016/9
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:53
ސުންގަޑި:
07 އެޕްރީލް 2016 11:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޙަފުލާގެ ކޭޓަރިންއާއި ޙަފުލާގެ ފޮޓޯ ނެގުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މިކައުންސިލްގެ ނަންބަރު: (IUL)219-CA/1/2016/4 (08 މާރިޗު 2016) އިޢުލާންގައިވާ ޙަފުލާގެ ކޭޓަރިންއާއި ޙަފުލާގެ ފޮޓޯ ނެގުމުގެ މަސައްކަތްތަކަށް އެކަށީގެންވާވަރަށް ތަރުޙީބު ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، މިދެންނެވި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ.
- ޙަފުލާގެ ކޭޓަރިން
- ޙަފުލާގެ ފޮޓޯ ނެގުން
ވީމާ، މިމަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 07 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
22 ޖުމާދަލްއާޚިރާ 1437
31 މާރިޗު 2016