ދިވެހިރާއްޖެ
ތިރީގައި ބަޔާންކުރެވިފައިވާ ކުންފުނިތަކުގެ ލިކުއިޑޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ދެވޭ ދަޢުވަތު
ތިރީގައި ބަޔާންކުރެވިފައިވާ ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތައް އުވާލުމަށް ސަރުކާރާއި، އަދި މި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާތީ، ކުންފުންޏާބެހޭ ޤާނޫނުގެ 76 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ލިކުއިޑޭޓަރެއް އައްޔަން ކުރުމަށް ބޭނުންވެއެވެ.
ވީމާ، އަންނަނިވި ލިސްޓުގައިވާ ކުންފުނިތައް އުވާލުމުގައި ލިކުއިޑޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް 14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އައު އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 މޭ 2016ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ. ޕްރޮޕޯޒަލް ހުށަހެޅޭ ފަރާތްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބިޑް ހުޅުވުމުގެ ބައްދަލުވުން އޮންނާނީ 05 މޭ 2016ވާ ބުރާސްފަތި ދުވަހުގެ 2:00 ގައެވެ. އަދި މި މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ވެބްސައިޓު http://www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
ލިކުއިޑޭޓް ކުރުމަށް ބޭނުންވާ ކުންފުނިތަކުގެ ލިސްޓު
1- ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
2- ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
3- ކުޅުދުއްފުށި ޕޯޓް ލިމިޓެޑް
4- ހިތަދޫ ޕޯޓް ލިމިޓެޑް
5- ގަން އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
6- ވާރކްސް ކޯޕަރޭޝަން ލިމިޓެޑް
7- މަޑިވަރު ހޯލްޑިންގްސް ޕްރައިވްޓް ލިމިޓެޑް
8- ސެންޓްރަލް ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
9- މާލޭ ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
10- ނޯތް ސެންޓްރަލް ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
11- ނޯދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
12- ސައުތް ސެންޓްރަލް ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
13- ސަދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
14- އަޕަރ ނޯތު ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
15- އަޕަރ ސައުތު ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް