ވަޒީފާގެ ފުރުޞަތު
ނަންބަރު: F10C/2016/06
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 10:04
ސުންގަޑި: 11 އޭޕްރިލް 2016 15:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އޮފީސް އެސިސްޓެންޓް

މަޤާމުގެ ރޭންކް: އެސް. އެސް. 2

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

މަހަކު -/3،470 ރުފިޔާ

އެލަވަންސް:

- ސަރވިސް އެލަވަންސް: -/1,000 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %25

- ލިވިންގ އެލަވަންސް: މަހަކު -/ 2550 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، SS-1 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1- ކޯޓަށް ހާޒިރުވާން އަންގާ ގަޑިތަކަށް ގަވާއިދުން ހާޒިރުވުން.

2- ކޯޓުގެ އިމާރާތާއި އިންވެގެންވާ މަގުތަކާއި ގޯތިތެރެ ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އިމާރާތުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުމާއި، ކޯޓުގެ އިމާރާތް ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، ކޯޓުން އުކާލަންޖެހޭ ކުނި އުކާލުން.

3- ކޯޓުގެ އެންމެހައި މެޝިނަރީޒް ފޮޅައި ސާފުތާހިރުކޮށް ބެލެހެއްޓުން.

4- ކޯޓުގައި ހުންނަ ގަސްތައް ކޮށައި، ފުރާޅާއި ދިޔަދޮވި ސާފުކޮށް، ވަޅުދިޔަހިއްކައި، ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އިމާރާތުގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް، ރައްކާތެރިކަމާއެކު ސާފުބޯފެން ތާނގީއަށް އަޅައި ބެލެހެއްޓުން.

5- އެކިފަރާތްތަކަށް ރައްދުކުރުމަށް ހަވާލުކުރެވޭ އަމުރުތަކާއި ލިޔުންތަކާއި އެހެނިހެން ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމާނާތްތެރިކަމާއެކު ރައްދުކޮށްދިނުން.

6- ކޯޓުގެ ރަސްމީ ދިދަތައް އެކަމަށް އޮންނަ ގަވާއިދާ އެއްގޮތަށް ނަގައި ތިރިކުރުން.

7- ކޯޓަށް ޒިޔާރަތްކުރާ މެހެމާނުންނަށް ޚިދުމަތްދިނުމަށް ކޯޓުން އަންގައިފި ހިނދެއްގައި އެ މަސައްކަތް ކުރުން.

8- ކޯޓަށް ހާޒިރުވާންޖެހޭ މީހުންނަށް ޗިޓް ހަވާލުކުރުމާއި، ސިޓީއާއި ލިޔުންފަދަ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުމާއި، އަތޮޅުގެ ރަށު ކޯޓްތަކަށް ފޮނުވަންޖެހޭ ތަކެތި އެފަރާތްތަކާ ހަވާލުކުރުން.

9- އިދާރީގޮތުން ކޯޓުން ކުރާ މަސައްކަތުގައި އެހީތެރިވުން.

10- މަތީގައިވާ ކަންކަމުގެ އިތުރުންވެސް ކޯޓުން އަންގާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

 

 

1- ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

ސުންގަޑި:

2016 އެޕްރީލް 11 ވާ ހޯމަ ދުވަހުގެ 15.00 ގެ ކުރިން، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.  

 

އިތުރު މަޢުލޫމާތު:

 

- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- އިތުރު މަޢުލޫމަތު ސާފުކުރުމަށް ގުޅާނީ، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ 6608313 ނަންބަރު ފޯނަށެވެ.

 25 ޖުމާދަލްއާޚިރާ 1437

03 އޭޕްރިލް 2016