މަސައްކަތް
ނަންބަރު: GS-180/2016/073
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 14 އޭޕްރިލް 2016 12:00
ކޮޅުމަޑުލު މަޑިފުށީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ލޯގޯ ފަރުމާ ކުރުމާގުޅޭ

އިޢުލާން

މި ސްކޫލުގެ ލޯގޯ ފަރުމާ ކުރުމާގުޅޭ:

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މަޑިފުށީ މަދަރުސާގެ ނަން މަޑިފުށީ ސްކޫލަށް ބަދަލުކުރުމާ ގުޅިގެން މި ސްކޫލުގެ ލޯގޯ އަލުން ފަރުމާކުރަން ބޭނުންވެއެވެ. އަދި ލޯގޯ ފަރުމާކުރާ ފަރާތްތަކުން ސްކޫލް ޔުނިފޯމު، ބެޖް، ލެޓަރހެޑް އަދި ސްޓޭމްޕްގައި ލޯގޯ ބޭނުންކުރާނެގޮތުގެ ފަރުމާތަކުގެ ހާޑްކޮޕީ އަދި ސޮފްޓްކޮޕީ ހުށަހަޅަންވާނެއެވެ. ސޮފްޓްކޮޕީ އީމެއިލް ކުރައްވާނީ [email protected] މި އީމެއިލަށެވެ. ސްކޫލުގެ ލޯގޯ ފަރުމާކުރުމުގައި ބޭނުންކުރަންވާނީ ފެހި އަދި ރަތް ކުލައެވެ. އަދި ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އެންމެ ފުރިހަމަ ލޯގޯ ހުށަހަޅާ ފަރާތަކަށް -/500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ސްކޫލުގެ މިދެންނެވި ލޯގޯތައް ފަރުމާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ފަރުމާ ކުރައްވާފައިވާ ލޯގޯތަކުގެ ހާޑްކޮޕީ އަދި ސޮފްޓްކޮޕީ މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

25 ޖުމާދަލްއާޚިރާ 1437

03 އޭޕްރިލް 2016