މަސައްކަތް
ނަންބަރު: (IUL)418/418/2016/22
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 09:30
ސުންގަޑި: 07 އޭޕްރިލް 2016 10:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްތަކެއް ކުރުމަށް

އިޢުލާން

އަންދާސީހިސާބު ހޯދުން:

މި އިދާރާގައި ބޭނުންކުރަމުންދާ ފާޚާނައިގެ ފެންޕަމްޕު ބަދަލުކޮށް ފެންވައިރުކޮށް، ކައުންސިލް އިދާރައިގެ ސެކިއުރިޓީ ޕޯސްޓާ އިންވެގެން އިރަށްހުރި ބައި މަރާމާތުކޮށް ގުދަނެއް ހަދައި، ސެކިއުރިޓީ ޕޯސްޓުގެ ހުޅަނގުކޮޅުގައި ފުރާޅެއް އަމިއްލަ ތަކެތީގައްޔާއި މި އިދާރާއިން ހަވާލުކުރާ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)418/418/2016/19 (21 މާރިޗު 2016) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތަކުގެ ތެރެއިން ޝަރުޠު ހަމަވާ 3 އަންދާސީހިސާބު ހަމަވެފައިނުވާތީ، ކުރިން ކުރެވުނު އިޢުލާން ބާޠިލުކޮށް، މަތީގައި ބަޔާންކުރެވުނު މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މަތީގައި ބަޔާންކުރެވުނު މަރާމާތުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައްޔާއި މި އިދާރާއިން ހަވާލުކުރާ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ނަޑެއްލާ ކައުންސިލްގެ އިދާރައިގެ މަރާމާތުތައް ކުރުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ލިޔުމަކުން މި އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

  1. މަޢުލޫމާތު ސާފުކޮށްދިނުން:       07 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި.
  2. އަންދާސީހިސާބު ބަލައިގަތުން:     12 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 10:00 ގައި.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

26 ޖުމާދަލްއާޚިރާ 1437

04 އޭޕްރިލް 2016