މަސައްކަތް
ނަންބަރު: (IUL)334/334/2016/26
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 12 އޭޕްރިލް 2016 13:30
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާއަށް އިތުރުކުރެވޭ ބައިގެ ސަރވޭއާއި ޑިޒައިންކޮށް ޢަމަލީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ކ.ހުރާގެ ނަރުދަމާއަށް އިތުރުކުރެވޭ ބައިގެ ސަރވޭ އާއި ޑިޒައިންކޮށް، ޢަމަލީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ކ.ހުރާގައި މިހާރު ޤާއިމު ކުރެވިފައިވާ ނަރުދަމާގެ އެކްސްޓެންޝަނަކަށް ދާން ބޭނުންވާތީ، މިމަސައްކަތުގެ ސަރވޭއާއި ޑިޒައިން އަދި ޢަމަލީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބިޑް ހުށަހަޅާނެ ތާރީޚެއް ކަނޑައަޅާނީ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކާ މަޝްވަރާކުރުމަށްފަހުގައެވެ.

މިކަމާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ، ގުޅުއްވާނީ ކައުންސިލްގެ ނައިބުރައީސް ފަޔާޟް އިބްރާހީމް ފޯން ނަންބަރު: 7993018 އަދި ހުރާ ކައުންސިލްގެ ޑިރެކްޓަރ ޢަބްދުއްރަޙީމް އިބްރާހީމް 7752778 އާއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 އެޕްރީލް 2016 ވަނަ ދުވަހުގެ 13:30އަށް މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި ހުރާ ކައުންސިލް އިދާރާއަށް ހާޒިރުވެލެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް ބިޑް ހުށަނޭޅުއްވޭނެ ވާހަކަވެސް ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޖުމާދަލްއާޚިރާ 1437

04 އޭޕްރިލް 2016