މަސައްކަތް
ނަންބަރު: D-12-C/2016/08
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި: 07 އޭޕްރިލް 2016 11:00
ނ.މަނަދޫ މެޖިސްޓްރެޓް ކޯޓު
ދިވެހިރާއްޖެ
02 އެއަރކޮންޑިޝަން ހަރުކުރުމާއި ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓު ހިނގަމުންދާ ޢިމާރާތުގައި 02 އެއަރކޮންޑިޝަން ހަރުކުރުމާއި ބައެއް މަރާމާތު އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 07 އެޕްރީލް 2016 ދުވަހުގެ 11:00 އަށް ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 އެޕްރީލް 2016 ދުވަހުގެ 11:00އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

26 ޖުމާދަލްއާޚިރާ 1437

04 އޭޕްރިލް 2016