ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: TENDER/AS/2016/010
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 12 އޭޕްރިލް 2016 10:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އައި.ޓީ ހާރޑްވެއަރ ތަކެތި ހޯދުން

އަންދާސީހިސާބު ހޯދަން ބޭނުންވެއްޖެ

މި ކުންފުންޏަށް އައި.ޓީ ހާރޑްވެއަރ ތަކެތި ބޭނުންވެގެން 15 ފެބުރުވަރީ 2016 ގައި ކުރެވުނު އިޢުލާނު (TENDER/AS/2016/003) ގެ ތިރީގައިވާ ސެކްޝަނަށް އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އަލުން އެސެކްޝަނަށް އަންދާސީހިސާބު ހުށަހެޅުމަށް އިޢުލާންކުރަމެވެ.

ސެކްޝަން 03 – ޓެބްލެޓްސް

ވީމާ، މިކަމަށް ކުރިމަތިލާން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 އެޕްރީލް 2016 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އެޕްރީލް 2016 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ ކޮންފަރެންސްރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

ޕްރޮކިޔުމެންޓް ޔުނިޓް

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޮޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]   ވެބްސައިޓް: www.aasandha.mv    ފޯން: 3011418 960+   ފެކްސް: 3013636 960+

31 މާރިޗު 2016