ވަޒީފާގެ ފުރުޞަތު
ނަންބަރު: MMS-A/2016/13
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 20:23
ސުންގަޑި: 18 އޭޕްރިލް 2016 12:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް މީޓިއޮރޮލޮޖިކަލް އިންސްޓްރުމެންޓް ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް މީޓިއޮރޮލޮޖިކަލް އިންސްޓްރުމެންޓް ޓެކްނީޝަން

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

ސީ. އެސް. 2-4

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/9،800 ރުފިޔާ  

- ސަރވިސް އެލަވަންސް: މަހަކު -/3،750 ރުފިޔާ 

- ސްޕެޝަލްޑިއުޓީ އެލަވަންސް: -/3،430 ރުފިޔާ  

- ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން ކޮއްތު ފައިސާ ދެވޭނެއެވެ. އަދި  މި  މަޤާމަށް  ހޮވޭ  ފަރާތް، ފުރަތަމަ 6 މަސްދުވަހު މަސައްކަތް ކުރަންޖެހޭނީ ކޮންޓްރެކްޓް އުޞޫލުންނެވެ. މި މުއްދަތުގެ ތެރޭގައި 3 މަސްދުވަހުގެ ޖެނެރަލް މީޓިއޮރޮލޮޖީ ކޯސް ފުރިހަމަކުރުމުން، ކުރިމަތިލި މަޤާމަށް ދާއިމީކުރެވޭނެއެވެ. އަދި ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި ލިބޭނީ، މަޤާމުގެ މުސާރައާއި، ސަރވިސް އެލަވަންސެވެ.

ވަޒިފާ އަދާކުރަންޖެހޭ ރަށާއި، އޮފީހާއި، ސެކްޝަން:

ހުޅުލެ / މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް / އައި. ސީ. ޓީ. ޔުނިޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށް، މަދުވެގެން 3 މަސްދުވަހުގެ ޖެނެރަލް މީޓިއޮރލޮޖީ ކޯސް ހަދައި، ސެޓްފިކެޓް ހާސިލުކުރުން. ނުވަތަ؛

2. މަސައްކަތާ  ގުޅުންހުރި  ދާއިރާއަކުން  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށް، މަދުވެގެން 3 މަސްދުވަހުގެ ޖެނެރަލް މީޓިއޮރޮލޮޖީ ކޯސް ހަދައި، ސެޓްފިކެޓް ހާސިލުކުރުމަށްފަހު، މި ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ބޭނުންކުރާ މީޓިއޮރޮލޮޖިކަލް، ސިސްމޮލޮޖިކަލްއާއި، ކޮމިއުނިކޭޝަން އިކްވިޕްމަންޓުތައް ބަލަހައްޓައި މަރާމާތުކުރުމާއި، ހުޅުލެއާއި ހަނިމާދޫއާއި ސ. ގަމުގައި ބަހައްޓާފައިވާ ޓައިޑްގޭޖުތައް ބެލެހެއްޓުން.
  2. 10 މީޓަރ އުސް އެންޓަނާގައި ނުވަތަ އެއަށްވުރެ އުސް ތަންތަނުގައި ބަހައްޓާފައިވާ މޫސުމާބެހޭ އާލާތްތައް މަރާމާތުކުރުމުގައި އެހީތެރިވުން،
  3. އިކްވިޕްމަންޓުތައް އިންސްޓޯލްކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  4. އިކްވިޕްމަންޓުތަކަށް ހޯދަންޖެހޭ ސްޕެއާރސް ހޯދުމަށް އޮފީހަށް ހުށަހަޅައި، އެ ތަކެތި ހޯދުމަށް މަސައްކަތްކުރުން.
  5. އިކްވިޕްމަޓްތަކުގެ ލޮގްފޮތްތައް ގަވައިދުން ބެލެހެއްޓުމާއި، އިކްވިޕްމަންޓުގެ ހާލަތު ހުރިނެތްގޮތް އަންގައިދިނުމަށް ފުރަންޖެހޭ ފޯމުތައް ފުރިހަމަކުރުމާއި، އިކްވިޕްމަންޓް އެއްތަނުން އަނެއްތަނަށް ބަދަލުކުރާއިރު ހަމަޖައްސަންޖެހޭ ލިޔުންތައް ހަމަޖެއްސުން.
  6. ކޮމްޕިއުޓަރުތައް ބެލެހެއްޓުމާއި، އޮފީހުގައި ބޭނުންކުރާ އެހެނިހެން އާލާތްތައްވެސް މަރާމާތުކޮށް ބެލެހެއްޓުން.
  7. މި ސަރވިސްގައި ކުރަންޖެހޭ މަރާމާތުތައް ކުރަމުންދާއިރު ސުޕަވައިޒްކުރުމާއި، މަސައްކަތްކުރުމަށް ހެދިފައިވާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިޔަށްދޭތޯ ބަލައި ޗެކްކުރުން.
  8. މީގެ އިތުރުންވެސް، ވަޒީފާގެ ދާއިރާއިން ކުރަންޖެހޭ ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. ވެބް އެޕްްލިކޭޝަނާއި، މޯބައިލް އެޕްލިކޭޝަނާއި، ކޮމްޕިއުޓަރ ޕްރޮގްރާމް ފަރުމާކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުމާއެކު، މި ދާއިރާއިން ތަޖުރިބާ ލިބިފައިިވުން.
  2. ސިސްޓަމް އެޑްމިނިސްޓްރޭޝަނާއި، ނެޓްވޯކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  3. ދިވެހި ސިވިލް ސަރވިސްގެ ގަވައިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ލިބެން ހުންނާނެއެވެ. އަދި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިޢުތިރާޒް ނުކުރާކަމުގެ ލިޔުން.

4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓް ކުރެވިފައިވާ)

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަންއެނގޭ ފަދަ ސާފު ކޮޕީ.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

8. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލޭނެއެވެ.

9. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ސުންގަޑި:
2016 އެޕްރީލް 18 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (ހުޅުލެ) އަށް.

އިންޓަވިއު:

އިންޓަވިއުއާއި، ޕްރެކްޓިކަލްއާއި، އިމްތިޙާނުކުރުން، 24 އެޕްރީލް 2016 އާއި 28 އެޕްރީލް 2016 އާ ދެމެދުގެ ތާރީޚެއްްގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ނަންބަރު 3332612 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 ޖުމާދަލްއާޚިރާ 1437

 

28 މާރިޗު 2016